މާޅޮހުގައި އަންނަމަހު އިތުރު 2 ގެސްޓްހައުސް ހުޅުވޭނެ – މާޅޮސް ކައުންސިލް

19225153_1896009407280510_8797019919057406162_n.jpg

ބ. މާޅޮހުގައި މިހާރު ބާރަށް އަންނަ ލޯކަލް ޓޫރިޒަމްގެ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ ކަމަށާ، އެގޮތުން އަންނަ މަހުގެ ތެރޭގައި އިތުރު ދެގެސްޓްހައުސް އެރަށުގައި ހުޅުވޭނެކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.

މާޅޮހު ކައުންސިލުން ބުނީ އެރަށުގައި މިވަގުތުވެސް 11 ކޮޓަރިއާއެކު 3 ގެސްޓް ހައުސް އޮޕަރޭޓް ކުރަމުންދާކަމަށާ، ގެސްޓްހައުސް ވިޔަފާރި ވަރަށް ރަނގަޅުކަމަށް ފާހަގަކުރެވޭކަމަށެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އީވީއަށް ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް ގެސްޓް ހައުސް އެޅުމުގެ މަސައްކަތް އެރަށުގައި ކުރިޔަށް ދާކަމަށާ، އެގޮތުން 2 ގެސްޓްހައުސްއަކުން ޖުމްލަ 9 ރޫމް އަންނަމަހު ބާޒާރަށް ނެރޭނެކަމަށެވެ.

“ގެސްޓް ހައުސް ވިޔަފާރި ފެންނަނީ ވަރަށް ރަނގަޅަށް. މިހާރު މިނިސްޓްރީން ހުއްދަދޭން ތައްޔާޜުވެފައި އެހުރީ 2 ގެސްޓް ހައުސްއެއް. އަންނަމަހު ހުޅުވޭނެ އެދެތަން. އަޅުގަނޑު ދަންނަވާނީ ގެސްޓްހައުސްތައް އިތުރުވަމުންދާ ވަރަކަށް ރަށުގެ އާންމު ރައްޔިތުންގެ އަތްމަތިވެސް ތަނަވަސްވެ، ލިބޭ އާމްދަނީ ރަނގަޅޭ” ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިތުރު ގެސްޓްހައުސްތައް އެޅުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިޔަށްދާކަމަށާ، އަންނަ އަހަރުވެސް އިތުރު ރޫމްތައް މާކެޓަށް ނެރެވޭވަރުވާނޭކަމަށެވެ.

ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ބ. އަތޮޅުގެ ރަށްރަށުގައި ފުޅާވަމުން އަންނައިރު، އެންމެގިނަ ގެސްޓްހައުސް އޮޕަރޭޓްކުރަމުންދަނީ އެއާޕޯޓްރަށްކަމުގައިވާ ދަރަވަންދޫގައެވެ. މީގެއިތުރުން ގޮއިދޫ، ފުޅަދޫ، ފެހެންދޫ އަދި ކަމަދޫއާ، ކެންދޫގައިވެސް ގެސްޓްހައުސް ވިޔަފާރި ދަނީ ހިނގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top