ހަންޓޭ ރާއްޖެއައުމާއެކު، ހޫނުގަދަ މަރުހަބާއެއް ކިޔައިފި

20228600_1602838243100596_5281352388269321316_n.jpg

ހަސަން މާހިރު (ހަންޓޭ) މިރޭ ރާއްޖެ އައުމާއެކު އެއާޕޯޓުން ހަބޭސްގުރޫޕް އޭނާގެ ޝަރަފްގައި ލަވައެއް ހުށައަޅަނީ. / ފޮޓޯ: އާދަމް ނިޒާމް(ކިތުނާ)

މިމަހުގެ 13ން 17ށް ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއަރ”ގައި ހުނަރުދައްކާލި ގޮއިދޫ 14 އަހަރުގެ ކައިޓް ސާފަރ ހަސަން މާހިރު (ހަންޓޭ) މިރޭ ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިރޭ ބާރަޖެހުމާ ގާތްވެފައިވަނިކޮށް “ހަންޓޭ” އޭނާގެ 2 ބައިވެރިންނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ގޭޓުން ނުކުތުމާއެކު ގޮއިދޫގެ ގިނަ އަދަދެއްގެ ބަޔަކު އޭނާއަށް މަރުހަބާ ކިޔައި، ކަރުގައި މާފަތި އަޅުވައި ހެދިއެވެ. އަދި ހަބޭސް ބޮޑުބެރު ގުރޫޕްގެ ރީތި ނެށުމެއްވެސް ހަންޓޭގެ ޝަރަފުގައި އެއާޕޯޓްގައި ހުށައަޅައިިދިނެވެ.

ހަންޓޭއަށް މަރުހަބާ ކިއުމަށް ގޮއިދޫން މާލެދިޔަ، އަދި މާލޭގައި ދިރިއުޅޭ ގޮއިދޫގެ ތިރީހަށްވުރެ ގިނަމީހުން އެއާޕޯޓްތެރޭގައި ވަރަށް ފޯރިނެގިކަމަށްވެއެވެ.

މިދަތުރަށްފަހު ހަންޓޭ މާދަމާ ޔޫތް މިނިސްޓަރާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޔަގީން ނުވާ މަސްދަރުތަކުން އީވީއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އެއަށްފަހު ހަންޓޭ ގޮއިދުއަށް ދާނީ މާދަމާ ކަމަށްވެއެވެ.

ރެޑްބުލް ހީރޯ ޓުއަރ އަށްފަހު ހަންޓޭ މިރޭ ރާއްޖެ އައިއިރު އޭނާގެ ހުނަރާމެދު ދުނިޔޭގެ ކައިޓް ސާފިންގް ޗެންޕިއަން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top