އޭަދަފުށި ކައުންސިލަށް އެސްޖީއެއް ހޯދަން އަނެއްކާވެސް އިއުލާން ކޮށްފި

DSCN1716.jpg

އޭދަފުށި---އީވީ ފޮޓޯ

އޭދަފުށީ ކައުންސިލު އިދާރާ އަށް ސެކްރެޓަރީ ޖެނެރަލް އެއް ހޯދަން ސިވިލް ސަރވިސް ކޮމިޝަންުން މިއަދު އަނެއްކާވެސް އިއުލާން ކޮށްފިއެވެ. މިމަގާމަށް މީހަކު ހޯދަން މިދިޔަ ޖެނުއަރީ މަހުވެސް އިއުލާން ކޮށްފައި ވެއެވެ.

އޭދަފުށި ކައުންސިލުގައި މިހާރު ހުންނަނީ ވަގުތީ އެސްޖީ އެކެވެ.

އޭދަފުށީ ކައުންސިލު ހިމެނޭހެން ރާއްޖެތެރޭގެ 40 ރަށެއްގެ ރަށު ކައުންސިލަށް އެސްޖީ އިން ބޭނުންވެގެން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ. މީގެ އިތުރުން ތިން އަތޮޅެއްގެ އަތޮޅު ކައުންސިލު އިދާރާއަށްވެސް ސެކްރެޓަރީ ޖެނެރަލުން ހޯދަން  ސިވިލް ސަރވިސް ކޮމިޝަން އިން މިއަދު އިއުލާން ކުރި އެވެ.

ސެކްރެޓަރީ ޖެނެރަލަކީ ކައުންސިލު އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަންޖެހޭ ފަރާތެވެ.

އެސްޖީން އައްޔަން ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުސާރައަކީ 8000ރ. އާއި 10000ރ. އާ ދެމެދުގެ އަދަދެކެވެ. އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6000 އާއި 7000 ގެ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާއިރު ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބިގެން ދާނެއެވެ.

މި މަގާމުތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 19 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top