ސާވިސްޗާޖް 1000ޑޮލަރަށް ވުރެ މަތިން ބ.އަތޮޅުގެ ހަތަރު ރިސޯޓުން

77203458.jpg

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓް - ފޮޓޯ : ބުކިންގ ޑޮޓްކޮމް

ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 1000 ޑޮލަރު (15420ރ.) އަށްވުރެ މަތިން ލިބިފައިވަނީ ހަތަރު ރިސޯޓުން ކަމަށް ކަމަށް ރިސޯޓް ވޯކާސް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

އެންމެ ބޮޑު އަދަދަކުން ސާވިސް ޗާޖު ދީފައިވަނީ ފޯސީޒަން ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1387 ޑޮލަރު (21300) ރުފިޔާ ދީފައިވެއެވެ.

ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިން އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް ވަނީ 1342 ޑޮލަރު (20600ރ.) ދީފަ އެވެ. ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ މިލައިދޫ އިންނެވެ. އެ ރިސޯޓުން ވަނީ 1284ޑޮލަރު (19800ރ.) ދީފަ އެވެ. ހަތަރުވަނަ އަކީ ވައްކަރެވެ. އެރިސޯޓުން ބޮލަކަށް ޖެހިފައިވަނީ 1188ޑޮލަރު ނުވަތަ 18300 ރުފިޔާ އެވެ.

ލިސްޓްގައި ދެން އޮތީ މުއްދޫގައި ހިންގާ ޑުސިތު ތާނީ އެވެ. އެތަނުން ކޮންމެ މުވައްޒަފަކަށް 905 ޑޮލަރު (13950 ރ.) ލިބިފައިވެ އެވެ. މިރިޔަންދޫ ގައި ހިންގާ ޖޭޑަބްލިއު މެރިއޮޓް އިން ލިބިފައިވަނީ 851 ޑޮލަރު (13100ރ.) އެވެ. އިތުރަށް ދެން އޮތީ ސޮނެވާފުއްޓާއި އަމިއްލަފުއްޓެވެ. ސޮނެވާފުށިން 857 ޑޮލަރު (13200ރ.) ލިބިފައިވާ އިރު އަމިއްލފުށިން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖަށް ލިބިފައިވަނީ 776ޑޮލަރު (11900ރ.) އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top