ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހު

big_iAkq4171BuWz8TiRQjikncafc.jpg

ފޮޓޯ --އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިބާހު އަންނަ އަހަރު އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާއްވަން ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަ ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ނިންމާފައިވާ ކަމަށާއި، އެ އިންތިޚާބު ބާއްވާނެ ސީދާ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އެޕްރީލް ފުރަތަމަ ހަފްތާގައި އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލާ އަދަދު މަދުކޮށްފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތުން ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓުލެވޭ އަދަދަކީ 700 އަށް ހެދުމަށް ކޮމިޝަންގައި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އީސީ އިން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓްފަދަ ތަކެތި އިންތިޚާބު އޮންނަ މަރުކަޒަށް ވެއްދޭނެ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ދަނީ ތައްޔާރުވަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top