ދިވެހި އަދި އިސްލާމް ޕޭޕަރުތައް މާކު ކުރާނެ މީހުން ހޯދަނީ

1566888425.jpg

ފޮޓޯ : ވީ ނިއުސް

މިއަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނާއި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނޭ މީހުން ހޯދަން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން އިއުލާނު ކޮށްފި އެވެ.

ޑީޕީއީގެ އިއުލާނުގައި ބުނެފައި ވަނީ އެޗްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސް މާކުކުރުމަށް ކޮންމެ މާއްދާއަކަށް 15 މާކަރުން، އަދި އެސްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސްތައް މާކު ކުރުމަށް ކޮޮންމެ މާއްދާއަކަށް 40 މާކަރުން ބޭނުންވާ ކަމަށެވެ.

މާކު ކުރާ ކޮންމެ ކަރުދާހަކަށް 60 ރުފިޔާ ހަމަޖެހިފައިވާއިރު ފާއިތުވި ފަސް އަހަރުގެ ތެރެއިން ތިން އަހަރު މާކު ކުރުމުގެ މަސައްކަތް ކޮށްފައިވާ މީހެއް ނަމަ އެމީހަކަށް ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ދެވޭނެ ކަމަށްވެސް ޑީޕީއޭގެ އިއުލާނުގައި ވެއެވެ.

ޖަވާބު ކަރުދާސް މާކު ކުރުން އޮންނާނީ އޮކްޓޫބަރު 31 ން ނޮވެމްބަރު 13 އަށެވެ.

މާކިންގައި ބައިވެރި ކުރެވެޭނީ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ފަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top