އެސްޓީއޯ، އޭދަފުށީ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނައުމުގެ ކުރިން އޭދަފުށީ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަކީ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހުގެ 3 އާ ހަމައަށެވެ.
ނަމަވެސް އެގަޑިއަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެސްޓީއޯ ފިހާރަ ހުޅުވާފައި ހުންނަ ގަޑި ކުރިއަށްވުރެ ބައިގަޑިއިރު ލަސްކޮށް ހުޅުވާގަޑިއަކީ 8:30 ކަމުގައި ވަނީ ހަމަޖައްސާފައެވެ. ބަންދު ކުރާ ގަޑި އަކީ ކުރިއަށް ވުރެ ދޮޅުގަޑިއިރު ލަސްކޮށް ހަވީރު 4:30 އެވެ.
އެސްޓީއޯ، އޭދަފުށީ ފިހާރައިގެ މެނޭޖަރ އަހުމަދު ޒަމީލު ބުނީ މިބަދަލާއެކު ރައްޔިތުންނަށް ކުރިއަށްވުރެ މި ފިހާރައިން ވިޔަފާރި ކުރަން ފަސޭހަވެ ތަނުގެ ވިޔަފާރިއަށްވެސް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެސްޓީއޯ، އޭދަފުށީ ފިހާރައިން މައިގަނޑު ގޮތެއްގައި ވިއްކަމުން ގެންދަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން ގެދޮރު އިމާރާތް ކުރަން ބޭނުންވާ ބައެއްކަހަލަ ތަކެއްޗާއި އާއްމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ބާވަތްތަކެކެވެ.