އިލެކްޓްރޯނިކްސް ތަކެތި އުފެއްދުމަށް ދުނިޔެއަށް ނަން މަޝްހޫރު ހައިސެސް ބްރޭންޑްގެ ޓީވީ ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ކާމިޔާބަށް ފަހު ރެޑްވޭވުން ހައިސެންސް އެއަރކޯން ތައާރަފްކޮށް ޕްރީއޯޑަރ އަށް ހުޅުވާލައިފިއެވެ.
ރެޑްވޭވް ކުންފުނިން ބުނީ ހައިސެންސް ބްރޭންޑް ދިވެހިންނަށް މިހާރު އާ ނުވާނެ ކަމަށާއި ހައިސެންސް ޓީވީ އަކީ ދިވެހިންގެ މަދުގައި ވަރަށް ބޮޑަށް މަގްބޫލު ވެފައިވާ ބްރޭންޑަކަށް ވެގެން ހިނގައްޖެ ކަމަށެވެ. އެ އިތުބާރާއެކު މިފަހަރު ހައިސެންސް ބްރޭންޑުގެ އޭސީ ރެޑްވޭވުން ތައާރަފް ކުރާއިރު، މިއީ ރާއްޖެއަށް އަލަށް ތައާރަފް ކުރެވިގެންދާ މޮޑެލެއްކަމަށް އެކުންފުނިން ބުންޏެވެ.
ހައިސެންސް ބްރޭންޑް އޭސީ ގައިވެސް އެހެން ބްރޭންޑުތަކާއި އެއްގޮތަށް އިންވާޓަރ ހިމެނެއެވެ. ކަރަންޓް ހަރަދުވެސް ބޮޑުތަނުން ކުޑަކޮށްދޭއިރު ހައިސެންސް ބްރޭންޑުގެ އޭސީގެ ތަފާތަކީ އޭގައި ހިމެނޭ “ގޯލްޑްފިން ޓެކްނޮލޮޖީ”އެވެ.
“ގޯލްޑްފިން ޓެކްނޮލޮޖީ” އާބެހޭ މައުލޫމާތު ދެމުން ރެދްވޭވުން ބުނީ ރާއްޖޭގައި ހަރުކުރެވޭ އޭސީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ، އޭސީގެ އެތެރޭގައިވާ ކޮންޑެންސަރ އަދި އެވަރޕޮރޭޓާ ގައި ދަބަރުޖެހުމެވެ. ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ވައިގެ ތެރޭގައިވާ ލޮނު، އޭސީއަށް ވަދެ ދަބަރުޖެހުމަށް އިތުރަށް މަގުފަހިވެއެވެ. ގޯލްޑްފިން ޓެކްނޮލޮޖީގެ ސަބަބުން އޭސީގެ އެތެރޭގައި ދަބަރުޖެހުން ހުއްޓުވައެވެ. އަދި އޭސީގެ ޕާފޯރމަންސް އަށް ބަދަލު އައުމެއްނެތި އެތަކެއް އަހަރު ތަކަކަށް ބޭނުން ކުރެވެއެވެ.
މީގެ އިތުރުންވެސް ހައިސެންސް އޭސީގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި، “އީކޯ ފްރެންޑްލީ” R32 ގޭހެވެ. މިގޭހަކީ ހަރަދު ކުޑަ އަދި ފިނިކޮށްދިނުމުގައި އެކަށޭނަ ގޭހެކެވެ.
ހައިސެންސް އޭސީ ޕްރިއޯޑަރ އަށް މިހާރުވަނީ ހުޅުވާލެވިފައިވާއިރު ހަތަރު ސައިޒެއްގެ އެއާކޯންއަށް ޚާއްސަ އަގުތަކެއް ކަނޑައެޅިފައިވެ އެވެ.
އެގޮތުން 10,000BTU ގެ އޭސީ 4,690ރ އަށް، 12,000BTU ގެ އޭސީ 5,390ރ އަށް، 18,000BTU އޭސީ 5,790ރ އަށް އަދި 24,000BTU ގެ އޭސީ 7,590ރ އަށް ލިބިގެންދާނެއެވެ. ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވާހުގެ ނިޔަލަށް މިއަގުތަކުގައި ހައިސެންސް އޭސީ ޕްރިއޯޑަރ ކުރެވޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.
ހައިސެންސް އޭސީ އާއި އެކު ހިލޭ ބްރެކެޓް އަދި އިންސްޓޯލް ކުރާ ކިޓެއް ލިބިގެންދާނެއެވެ. އަދި 1 އަހަރުގެ ސާރވިސްވޮރަންޓީ އާއެކު ގެޔަށް ނުވަތަ ބޯޓަށް ހިލޭ ޑެލިވަރީކޮށްދޭނެ އެވެ.