ބުރަފަތިން ޖެހި ޒަހަމްވި ޗައިނާ ފަތުރުވެރިޔާގެ ހާލު ރަނގަޅު. ފަރުވާ ކުރަނީ ޓްރީ ޓޮޕް ހޮސްޕިޓަލުން

maxresdefault.jpg

ޓްރީ ޓޮޕް ހޮސްޕިޓަލް

މި މަހުގެ ފުރަތަމަ ދުވަހު ބ. ފިނޮޅު ރިސޯޓުގެ ފަޅުތެރޭގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ދެމަފިރިއެއްގެ ގައިގައި އެ ރިސޯޓުގެ ލޯންޗެއްގެ ބުރަފަތިން ޖެހުނު ހާދިސާގައި ޒަޚަމްވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމުގައި އީވީއަށް އެނގިއްޖެއެވެ.

ހަނީމޫން އަށް ރާއްޖެ އައި ޗައިނާގެ ޒުވާން ދެމަފިރިން ފިނޮޅު ރިސޯޓުގެ ފަޅުތެރޭގައި ފީނަން އުޅެނިކޮށް، އެ ފަޅަށް ވަން ލޯންޗެއްގެ ބުރަފަތިންޖެހި 27 އަހަރުގެ ފިރިހެންމީހާ މަރުވެފައިވާ އިރު 24 އަހަރުގެ އަންހެން މީހާގެ ބޮލުގެ ތިން ތަނަކުން ވަރަށް ބޮޑަށް ޒަޚަމްވިއެވެ. އެހެންވެ އެއަންހެން މީހާއަށް ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ އަށް ވަގުތުން ވަނީ މާލެ ފޮނުވާލާފައެވެ.

އަންހެން މީހާއަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި މަރުވި ފިރިހެން މީހާ މި ވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top