ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ނިޔާވެއްޖެ

big_YVu710DJrHp5d2PWRhiqlkT7U.jpg

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ، ރަމްލާ އަހުމަދު

ރާއްޖޭގައި ރަަސްމީ ގޮތުން ބޭއްވި ފުރަތަމަ ރީތީގެ މުބާރާތުން އެއްވަނަ ހޯދި ރީތީގެ ރާނީ، ހއ. ބާރަށު ރަމްލާ އަހުމަދު ، އުމުރުން 83 އަހަރުގައި ނިޔާވެއްޖެ އެވެ.

ރަމްލާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި މާލޭގެ އައިޖީއެމްއެޗްގަ އެވެ. ރަމްލާ ނިޔާވިއިރު އޭނާގެ ފިރިމީހާ އާއި ހަތް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. މިއަދު އޭނާ ނިޔާވީ ބަލިވެ ފަރުވާ ހޯދަމުން އަންނަތާ ދުވަސް ތަކެއްވުމަށް ފަހުގައެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހަންމަދު އަމީންގެ ވެރިކަމުގައި 1953ވަނަ އަހަރު މުޅި ރާއްޖެއިން ހޮވާލެވުނު އެންމެ ރީތި 21 އަންހެން ކުދިން ބައިވެރިކޮށްގެން ބޭއްވި ރީތީގެ މުބާރާތުން ރަމްލާ އެއްވަނަ އަށް އައި އިރު ދެވަނަ އަށް އައިސްފައިވަނި ހއ.ހަތިފުށީ ރާމިޒާ އިބްރާހިމެވެ. ތިންވަނަ އަށް އައީ
އދ. އަޮމަދޫ އާމިނަތުއެވެ.

ފުރަތަމަ ޖުމްހޫރީ ދުވަހުގެ ހަފުލާގެ ކުޅިވަރުގެ ތެރެއިން ބޭއްވި ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޖަޖުންނަށް ކަނޑައަޅުއްވާފައިވާ ކޮމެޓީގައި ތިއްބެވީ ރައީސް މުހައްމަދު އަމީނާއި އިބްރާހިމް މުހައްމަދު ދީދީ އާއި އާމިނަތު ހުސައިން އާއި އަލީ ނަޖީބާއި ނތ. ހަސަން ދީދީ އާއި ދައްޕަރު މޫސާ މަނިކެވެ. އެ ބޭފުޅުންނަށް ލިބި ވަޑައިގެންފައިވާ ފޮޓޯތަކުގެ މައްޗަށާ އެއްކޮށް ބަލައި އިންސާފު ކުރުމަށް ފަހު އެއްވަނަ އަށް އައިކަމަށް ކޮމިޓީން ނިންމީ ރަމްލާއެވެ.

މި މުބާރާތުގައި އަތޮޅުތަކުން ވާދަކުރި ކުދިންތަކުގެ ތެރެއިން އެއްވަނަ އަށް އައީ ހއ. ހޯރަފުށި މަރިޔަމް އިބްރާހީމެވެ. ދެވަނަ ހޯދި ށ.ޅައިމަގު ފާތުމަތު ކަނބުލޭގެފާނެވެ. ތިންވަނަ އަށް އައީ ބ. މާޅޮހު ޒުހޭހާ އަބޫބަކުރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top