ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށި ބައިވެރި ވެއްޖެ

IMG_9411.jpg

 

2015ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2018” ގައި ފުރަތަމަ ފަހަރަށް އޭދަފުށިން ބައިވެރިވެއްޖެ އެވެ

އޭދަފުށީގެ އިތުރުން ބ. އަތޮޅުން ބައިވެރި ވެފައިވަނީ ކުޑަރިކިލާއި ހިތާދޫ އަދި ތުޅާދޫ އެވެ. ހިތާދޫ އަކީ 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ޓީމެވެ. ތުޅާދޫ އަކީ މިދިޔަ އަހަރު މި މުބާރާތުގެ އަތޮޅު ޗެމްޕިއަނުންނެވެ.

މި މަހުގެ 16 އިނން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖައްސާފައިވަނީ “ނައިކް މެނަރ އެކްސް ފުޓްސަލް ބޯލް” ގައެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 65 ހާސް ރުފިޔާ ހުށަހަޅާފައި ވާއިރު ދެވަނަ ޓީމަކަށް ދޭން ނިންމާފައިވަނީ 25 ހާސް ރުފިޔާ އެވެ.

މިއަހަރުގެ މުބާރާތްވެސް ކުޅޭނީ އަތޮޅު ބުރާއި ޒޯން ބުރު ވަކިންނެވެ. ބ. އަތޮޅުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ކުރިއަށް ދާނީ ޖުލައި 16 އިން ޖުލައި 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ މާފަންނު މިނީ ގްރައުންޑް ގައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިފަހަރުވެސް ސޮނީ ސްޕޯޓްސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top