ބ.އަތޮޅުގައި އެލްޖީއޭ އިން ހިންގި ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ނިމޭނެ

1530587779.jpg

ކައުންސިލްތަކުން ދޭ ޚިދުމަތުގެ ފެންވަރާއި ޕާފޯމަންސް ރަނގަޅު ކުރުމުގެ ގޮތުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ )ގެ ފަރާތުން އަތޮޅުތަކުގައި ހިންގަމުން ގެންދާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ބ .އަތޮޅުގައި ފަށސައިގެން ކުރިއަށް އެބަދެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިއަދު ނިމޭއިރު ބ.އަތޮޅުގެ ހުރިހާ ކައުންސިލް ތަކުން ޖުމްލަ 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ކައުންސިލް ތަކުގެ ބަޖެޓާއި އިދާރީ އަދި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މި ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެލްޖީއޭ އިން ބުނެއެވެ.

މީގެ ކުރިން މި ޕްރޮގްރާމް ވަނީ ޅ، އއ، ގއ، ހދ އަދި ހއ އަތޮޅުގައި ހިންގާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށް އެލްޖީއޭ އިން ބުނެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top