ޕީއެންސީއަށް މެންބަރުން އިތުރުކުރަން ޕީޕީއެމް ޕީއެންސީގެ ޓީމެއް އައްޑުއަށް

img_md_202311020736051698935765.1728.jpg

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓީމެއް މިއަދު އައްޑޫ ސިޓީ އަށް ހިނގައްޖެއެވެ.

މި ޓީމްގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ހިޔާލު ތަފާތު ވެގެން ނޫން ކަމަށާއި ޕީއެންސީ އަކީ ވެރިކަން ކުރާ ޕާޓީ ކަމަށް ވާތީ ކަމަށާއި މަސައްކަތް މިކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރުމަށް ކަމަށެވެ.

އަދި މިދަތުރުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް، ޕީއެންސީ އަށް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އިންތިހާބީ ރައީސް މުއިއްޒުވެސް އެދިވަޑައިގެންފައި ވަނީ ޕާޓީ އަށް މެމްބަރުން އިތުރު ކުރަން، ޕާޓި އަށް މެމްބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ޚިޔާލު ތަފާތުވެގެން ނޫން “ އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީން މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން ދާއިރު އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީމަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top