އައިޑީ ކާޑާއި ޕާސްޕޯޓާއި ގުޅޭ ސްކޭމެއް

large_169892999010NIuE-1.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުންނަ މައުލޫމާތު އަދާހަމަ ނުކުރާނަމަ އެކައުންޓު ބަންދުކުރާނެ ކަމަށް ބުނާ ސްކޭމް ޕޯސްޓުތަކެއް، ލިންކުތަކާއެކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ އައިޑީ ކާޑާއި ޕާސްޕޯޓް ޑީ އެންރޯލް ވެފައިވާކަމާއި މައުލޫމާތު އަޕްޑޭޓްކުރުމަށާއި އަޕްޑޭޓް ނުކޮށްފިނަމަ އެކައުންޓް ބަންދު ކުރެވޭނެކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަށް ސަމާލުވާންޖެހޭކަމަށެވެ. އަދި އެ ޕޯސްޓްގައިވާ ލިންކަށް ނުވަނުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ. މި ދުވަސްކޮޅު އެފަދަ ޕޯސްޓުތަކާއި މެސެޖުތައް ފޮނުވުން އިތުރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަންނަނީ އިތުރުވަމުންނެވެ. އަދި ފޯނު ކޯލުތަކާއި، ޓެކްސްޓް މެސެޖުން ވެސް މިފަދަ ސްކޭމުތައް ހިންގައެވެ.

މިފަދަ ކަންކަމަށް ހޭލުންތެރިވުމަށާއި ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ނަމަވެސް މިފަދަ ކަންކަން ކުރާ ބަޔަކަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެޅިފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top