ފެނަކަ ދަރަނި 4 ބިލިއަން. މުވައްޒަފުންގެ އަދަދު 8126: އިންތިގާލީ ކޮމިޓީ

fenaka-6.jpg

ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަމަށާއި ބަޖެޓުވެސް ތައްޔާރު ކުރަނީ ދަރަނިން ހިންގާ ގޮތަށް ކަމަށް އިންތިގާލީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ މިހާތަނަށް އެ ކުންފުނީގައި 8126 މުވައްޒަފުން ތިބިކަމަށާއި އެކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1149 އަށް އަރާފައިވާ ކަމަށްވެސް އެއޮފީހުން ވަނީ ހާމަކުރައްވާފަ އެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ޔުޓިލިޓީސް ކުންފުނިތަކުން ހޯދި މައުލޫމާތުތަކުން މައިގަނޑު ގޮތެއްގައި މުހިންމު ތިން މައްސަލައެއް ކޮމިޓީތަކުން އެއްކުރި މައުލޫމާތުގެ އަލީގައި ފާހަގަކުރެވުނު ކަމަށެވެ. އެއީ ކުންފުނީގެ ދަރަނީގެ ހާލަތާއި
މާލީ އަދި އިދާރީ ހިންގުމުގައި ހަރުދަނާކަމެއް ނެތުމާއި މައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރައަކަށްވެފައި އޮތުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އޮތެވެ. އެއިން 3.2 ބިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާއެވެ. އަދި ލޯނުތަކަށް ދައްކަންޖެހޭ 901 މިލިއަން ރުފިޔާ އޮތްކަން ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ދަރަނީގެ ހާލަތު ގޯސްކޮށް އޮތްއިރު ފެނަކައިން ގިނަ އަދަދެއްގެ އާ ވަޒީފާ އުފައްދާފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އެގޮތުން 2018 ގައި މުވައްޒަފުންގެ މުސާރައަށް މަހަކު 23 މިލިއަން ޚަރަދުކުރިއިރު މިހާރު އެ އަދަދު 82 މިލިއަނަށް އަރާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ މިއަހަރުގެ މާރިޗު މަހުގެ ފަހުން އެކަނިވެސް މިހާތަނަށް 747 އަށްވުރެ ގިނަ މުވައްޒަފުން ފެނަކައިން އަލަށް ވަޒީފާދީފައިވާ ކަމަށެވެ.

”ރާއްޖޭގައި އެތައްހާސް ކުދިންނަށް ތައުލީމް ދިނުމަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ 8600 އެއްހާ މުވައްޒަފުން އެހެންވީމަ އެހާކަށްހާވަރު ބޮޑު އަދަދެއް ފެނަކައިގެ މުވައްޒަފުންގެ ތެރޭގައި އެބަތިބި.” ފިރުޒުލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top