މޯލްޑިވިއަން އިން އެކްސެސް ބެގޭޖްގެ ފީ ބޮޑުކޮށްފި

1670389980654dfg.jpg

ސަރުކާރުން ޓީޖީއެސްޓީ ބޮޑު ކުރުމުން ކަމަށް ބުނެ، މޯލްޑިވިއަން އިން ބައެއް ސަރަހައްދުތަކުގެ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފި އެވެ.

އަންނަ ފެށިގެން ޖީއެސްޓީ ނަގާނީ 6 ޕަސެންޓްގެ ބަދަލުގައި 8 ޕަސެންޓަށެވެ. އަދި ޓީޖީއެސްޓީ ނަގާނީ 12 ޕަސެންޓްގެ ބަދަލުގައި 16 ޕަސެންޓަށެވެ.

މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ކިލޯއަކަށް 3.11 ޑޮލަރު ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާވަރުލު އެއާޕޯޓާއި، ކޫއްޑޫ އެއާޕޯޓް އަދި ކާޑެއްދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގައި މިއަދަދަށް ފައިސާ ނަގާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއީ ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top