ބ. ކުޑަރިކިލު ހލްތު ސެންޓަރަށް ހެލްތުކިޓު ހަދިޔާކޮށްފި އެވެ.
އުރީދޫގެ މި ހަދިޔާ އަކީ، ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާކުރުމުގެ މަގުސަދުގެ ދަށުން އުރީދޫއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ދީފައިވާ ހެލްތު ކިޓް އެކެވެ. ކުޑަރިކިލާއެކު އުރީދޫން މިހާރުވަނީ 28 ހެލްތު ސެންޓަރަކަށް ހެލްތު ކިޓު ހަދިޔާކޮށްފަ އެވެ.
އުރީދޫއިން ހަދިޔާކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރު ކުރެވިފައިވާ ކިޓްތަކެކެވެ. އަދި މިއީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަަ ލަނޑުދަނޑި “ގްލޯބަލް ގޯލްސް” ކަމަށް ވާ “ގުޑް ހެލްތް އެންޑް ވެލްބީންގް” ހާސިލްކުުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއް ގާއިމް ކުރުމަަށް އުރީދޫއިން ހަދިޔާކުރާ ކިޓްތަކެކެވެ.
އުރީިދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ ލިބުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމަށާއި އަދި މި ކިޓްތައް އެ މަރުކަޒުތަކަށް ފޯރުކޮށްދީގެން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށް ދިނުމަކީ އުރީދޫއިން ނުހަނު އުފާވާ ކަމެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަކީ ރައްޔިތުންނަށާއި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ.