ގޯތި ބޭނުންވާ މީހުންގެ ސާވޭއެއް ކުރަމުންދަނީ ރަށު ކައުންސިލަށް ނޭނގި

12509632_795703293867519_470839835926138387_n.jpg

އޭދަފުށި ބިން ހިއްކި ސަރަހައްދުގައި ކުރީގެ ހައުސިންގމިނިސްޓަރއަދި ދާއިރާގެ އެމްޕީ .ސަލީމް _އީވީ ފައިލް ފޮޓޯ

އޭދަފުށީގައި ގޯތިދެދޮރު ބޭނުންވާ މީހުންގެ މައުލޫމާތު ހޯދުމަށް ބަޔަކު ސާވޭ ފޯމްތަކެއް ފުރަމުން ގެންދާތީ އެކަން އޭދަފުށި ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފިއެވެ. ރަށު ކައުންސިލުން ބުނަނީ އެއީ ކައުންސިލާ ގުޅުމެއްނެތް އަދި ކައުންސިލަށް ނޭނގި ހިންގަމުން ގެންދާ ކަމެއް ކަމުގައެވެ. އީވީއަށް އެނގިފައިވާ ގޮތުގައި ސާވޭ ފޯމްތަކެއް ބަހަމުން ފޯމްތައް ފުރުވަމުން ގެންދަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެކެވެ.

ރަށްރަށުގެެ ބިމާއި އެރަށްރަށުގެ މިލްކުވެރިފަރާތަކީ ރަށު ކައުންސިލްތައް ކަމަށް ވާއިރު ޚާއްސަކޮށް އިތުރު ބާރު ތަކެއް މި ސަރުކާރުން ކައުންސިލްތަކަށް ދޭން ނިންމާފައިވާއިރު ކައުންސިލްތަކަށް ނޭގި މިފަދަ ކަމެއް ކުރެވިގެން ނުވާނެކަމަށް ރައްޔިތުން ބުނެއެވެ.

“މިކަމަކީ މަޖިލިސް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއް ކަމުގައި ބެލެވިދާނެ. ރަށު ކައުންސިލުން މިކަން ހުއްޓުވަން ޖެހޭ. ” އޭދަފުށި ކައުންސިލު މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލުގައި ހިމެނޭ އެމްޑީޕީ މެންބަރު ނައުޝާދު ފިޔަވައި ދެންތިއްބެވި ހަތަރު މެންބަރުން ސޮއިކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޭދަފުށީގައި ގޯތިގެދޮރު ބޭނުންވާ ފަރާތް ތަކުގެ މައުލޫމާތު ހޯދުމަށް ބަޔަކު ސާވޭ ފޯމްތަކެއް ފުރަމުން ގެންދާ ކަމުގެ މައުލުމާތު ލިބެމުންދާތީ މިކަމަކީ ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަންގަވައިގެން ކުރަމުން ގެންދާ ސާވޭއެއް ކަން ކައުންސިލަށް އެނގިފައިނުވާ ކަމުގައެވެ. ރައްޔިތުންނާއި ގުޅުން ހުރި މިބާވަތުގެ މުހިއްމު ކަމެއްގެ ސާވޭއެއް އެއްވެސް ފަރާތަކުން ކުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރުމަށް ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

“އޭދަފުށީގައި ގޯތި ގެދޮރުގެ ދަތިކަން ބޮޑުވެފައިވާތީ ގޯތި ދޫ ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ ގޮތުން ކަމާބެހޭ ވުޒާރާތަކަށް ފޮނުވަން ޖެހޭ ހުރިހާ ލިޔެކިއުންތައް ކައުންސިލުން ވާނީ ފޮނުވާފައެވެ. އެދި އެކަމަށް ހުއްދަ ލިބުމުން ރައްޔިތުންނާ ހިއްސާކުރާނެ ވާހަކަވެސް ދެންނެވީމެވެ. “އިއުލާނުގައި އިތުރަށް ބުނެފައިވެއެވެ.

އޭދަފުށީގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ފަޅުހިއްކައިގެން ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށީގެ ބިމަށް 2014ވަނަ އަހަރުވަނީ 26 ހެކްޓަރ ބިން އިތުރު ކޮށްފައެވެ. އެބިމުން ގޯތި ދިނުމުގެ ގޮތުން  ލޭންޑްޔޫސް ޕްލޭން އާއި ގޯތި ދިނުމާބެހޭ ގޮތުން ކުރަން ޖެހޭ ހުރިހާ ސާވޭއެއް 2018ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top