ޕީޓީއޭ ޖާފަތް މިމަހު 20ގައި

36488236_2424751564218046_332352115622019072_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ ) ފަރާތުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޑިނަރނައިޓް ( ޕީޓީއޭ ޖާފަތް) މި މަހު 20ގައި އޮންނާނެ ކަމަށް ޕީޓީއޭ އިން ބުނެފިއެވެ.

ޖާފަތާ ބެހޭ މައުލޫމާތު ދެއްވަމުން ޕީޓީއޭ އިން ބުނީ ޑިނަރ ނައިޓެއްގެ ގޮތަށް ބޭއްވޭ މި ޖާފަތުގެ މައިގަނޑު ބޭނުމަކީ ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމަށާއި ސްކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ސްކޫލާ ގުޅިގެން ބާއްވާ ޑިނަރ ނައިޓެއް ކަމުގައެވެ. ހަމައެއާއެކު މި އިވެންޓަކީ އަާއިލީ ގުޅުމާއި އެކުވެރިކަމުގެ ގުޅުމާއި އިޖްތިމާއީ ގުޅުންތައް ވަރުގަދަކޮށް ތާޒާ ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގައި ޕީޓީއޭ އިން ފާހަގަ ކުރެއެވެ.

ދިވެހި ރަހަތަކަށް ބޮޑަށް އިސްކަން ދީގެން ބާއްވަމުން އަންނަ މި ޑިނަރނައިޓްގައި ވަރަށް ގިނަ ދިވެހިންގެ އަމިއްލަ ކެއުން ހިމަނާފައި ހުރެއެވެ. އޭގެ ތެރޭގައި ބަތުގެ އެކި ވައްތަރުތަކާ ތަފާތު ވައްތަރުގެ ރިހައާއި ސެލެޑްގެ އިތުރުން އަސާރައާއި ކަށިކޭލުން އުފައްދާފައި ހުންނަ ވައްތަރުތައް ހިމެނެއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި މި ކެއުންގަނޑުވަނީ އަހަރު ތެރޭގައި އެމީހުން އެންމެ ޝައުގުވެރިކަމާއެކު ބައިވެރިވާ އަދި އެކަމަށް އިންތިޒާރު ކުރާ ކެއުންގަނޑަކަށެވެ.

ކުރީއަހަރުތަކަކޭ އެއްގޮތަށް މި އަހަރުގެ ޑިނަރ ނައިޓަށްވެސް ޕީޓިއޭ އިން ވިއްކަން ގަސްދު ކުރާ ޓިކެޓް ތައް ވިކި ހުސްވާނެކަމަށް ޕީޓީއޭ އިން އުއްމީދު ކުރެއެވެ.

ޕީޓީއޭ ޖާފަތުގެ ޓިކެޓް މިހާރު ވަނީ ސްކޫލްުން ވިއްކަން ފަށާފައެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ. ނަމަވެސް ސްކޫލް ދަރިވަރުންނަށް ޓިކެޓް ވިއްކަނީ 50ރ އަށެވެ. މީގެ އިތުރުން ގޯލްޑަން ޓިކެޓްގެ ގޮތުގައި 500ރ. އަށް ވެސް ޓިކެޓް ވިއްކަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top