އިންޓަރނެޓްގެ އަގު 30 އިންސައްތަ ކުޑަކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

large_153052450531oCB9.jpg

2 ޖުލައި 2018 . ރައީސް ޔާމީން ށ. ބިލެޔްފަހީގައި ؛ ފޮޓޯ /ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވެ ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އިންޓަރނެޓްގެ އަގު މިހާރު ހުރިވަރަށް ވުރެ 30 އިންސައްތަ ކުޑަކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ބައެއް ރަށްރަށަށް ކުރައްވަން މިއަދު ފެއްޓެވި ދަތުރުފުޅުގައި ށ. ކަނޑިތީމަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

“އިންޓަނެޓު މެދުވެރިކޮށް މި ގެންނަ ހުރިހާ މައުލޫމާތާއި ފޮނުވާ ހުރިހާ މައުލޫމާތާއި، ބޭނުން ކުރާ ހުރިހާ ޑޭޓާ ޓްރެފިކެއްގެ އަގު އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ބޭނުންވޭ މިހާރު ހުރިވަރުން 30 ޕަސެންޓު ކުޑަވެގެން ދިޔުން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމުގެ ފައިދާ ކުރާނީ ސަރުކާރަށާއި، ކިޔަވާ ކުދިންނާއި ރިސާޗް ކުރާ ކުދިންނަށް އެކަނި ނޫން ކަމަށާއި ދިވެހި ހުރިހާ ރައްޔިތުންނަށާ ހާއްސަކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އެކަމުގެ ފައިދާ ކުރާނެކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ސްކޫލުތައް ޑިޖިޓަލައިޒްކޮށް ކުދިންނަށް ޓެބްލެޓް ދިނުމަށް ނިންމެވި ނިންމެެވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމަނިކުފާނު ވިދާޅުވީ އެކަމުގެ ބޭނުމަކީ ކުރިއަށް އޮތް ޖީލުތަކަކީ ޓެކްނޮލޮޖީއަށް އަހުލުވެރި އެކަންކަމަށް ފަރިތަ ޖީލަކަށް ބިންގާ އެޅުމުގެ ގޮތުން ކަމަށެެވެ.

ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސާދުގެ ގިޔަރު ދެން މައްޗަށް ޖަހާނީ ނޫން ކަމަށެވެ. މިހާރު ހުރި ވަރަށް ވުރެ މައްޗަށް ގިޔަރު ޖަހައި ނަމަ ގިޔަރު ކަނޑައިގެންދާނެ ކަމަށާއި އެހެން ކަމުން ދެން އޮތީ މުޅިން އެހެން ގިޔަރު ސެޓެއް ނެގުން ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top