”މުއްޔާއި ބިލެތްފަހީގައި އެއާޕޯޓް އަޅަން ނިންމެވީ ރައީސް ޔާމީން “

muizz.jpg

މ.މުއްޔާއި ށ.ބިލެތްފަހިގައި އެއާޕޯޓެއް އަޅަން ނިންމަވާފައިވަނީ ރައީސް ޔާމީން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ކުރިއަށްއޮތް އަަހަރު މ.މުއްޔާއި ށ. ބިލެތްފަހީގައި އަންނަ އަހަރު އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމާއި ގުޅިގެންނެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ށ. ބިލެތްފަހި އަދި މ. މުލީގައި އެއާޕޯޓް އެޅިގެންދާނެ ކަމަށެވެ. އަދި ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭން ކުރެވިފައިވާ ކަމަށެވެ.

“ކުރިއަށް އޮތް އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ. އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވަނީ. އެހެންވީމަ މި ދެންނެވި އެއާޕޯޓްތައް އެޅުނީމަ އިތުރަށް ފުރިހަމަ ވާނެ،”

ނަހުލާގެ މިވާހަކައަށް ރައްދު ދެއްވައި ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުލީގައި އެއާޕޯޓު އެޅުމަށް އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާފައިވާ ކަމަށާއި ބިލެތްފަހީގެ ބިން ހިއްކައި އެއާޕޯޓު އަދި ފަތުރުވެރިކަން ހިމެނޭގޮތަށް މެގަ ޕްރޮޖެކްޓެއްގެ މާސްޓާ ޕްލޭނެއް ވެސް ހެދިފައިވާ ކަމަށެވެ.

“މުލި، ބިލެތްފަހި އެއާޕޯޓު އެއީ ރައީސް ޔާމީން ކުރިއަށްގެންދަން ނިންމަވައި އެމަނިކުފާނު އިއުލާނުކުރައްވާފައިވާ އެއާޕޯޓުތަކެއް. މުލީގައި އެއާޕޯޓު އެޅުމަށް މުލި ބިން ހިއްކުމުގެ މަޝްރުއޫ ފައްޓަވައި ނިންމެވި. ބިލެތްފަހި ބިން ހިއްކުމާއި އެއާޕޯޓް އަދި ޓޫރިޒަމް ހިމެނޭ ގޮތަށް މެގަ ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން ހެއްދެވި.” މުއިއްޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިން އިއުލާނުކުރި ގޮތަށް އެއާޕޯޓްގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވޭނެ ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓް އޭޕްރީލް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top