ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް

large_148232337310Iukl-1200x600.png

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެ ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް، އަމާޒު ކޮށްގެން ބާއްވާ މި މުބާރާތަކީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާގު އަށަގަންނުވައި، އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ބާއްވާ މުބާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން އެ މިނިސްޓްރީއަށް ކުރެހުން ހުށަހެޅުއްވުމަށް މިނިސްޓްރީން އެދެއެވެ. ކުރެހުން ފޮނުވާނީ [email protected] މެއިލް އެޑްރެހަށެވެ.

މި މުބާރާތަށް ވަނީ 3 ތީމެއް ކަނޑައަޅާފަ އެވެ. އެ ތީމު ތަކަކީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅެވެ. މިގޮތުން މި ތީމުތަކާގުޅޭ ގޮތުން ހުށަހެޅިދާނެ ކުރެހުންތަކަކީ:

  • ނަމާދު، ހުށަހެޅިދާނެ ކުރެހުންތައް: ނަމާދު ވަގުތުތައް ދައްކުވައިދޭ ކުރެހުން، ނަމާދުކުރާ ތަން ދައްކުވައިދޭ ކުރެހުން، ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުން، ނަމާދަށް ޝައުގުވެރިވާނެ ގޮތްތައް ދައްކުވައިދޭ ކުރެހުން.
  • އަހަރެންގެ މަންމައާއި ބައްޕަ، ހުށަހެޅިދާނެ ކުރެހުންތައް: މައިންބަފައިންނަށް އެހީތެރިވުން، މައިންބަފައިންނަށް އަޅާލުން، އޯގާތެރިވުން، މައިންބަފައިނެގް ބަސްއެހުން، މައިންބަފައިންނަށް އިޙްތިރާމްކުރުން.
  • ގެފުޅު، ހުށަހެޅިދާނެ ކުރެހުންތައް: ގެފުޅަކީ ކޮން ތަނެއްކަން، ގެފުޅަށް ޒިޔާރަތްކުރުމުގެ ބޭނުން،

މި މުބާރާތައް ހުށަހަޅާ ކުރެހުމާއި އެކު ކުރެހުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއެއް، ކުރެހުންތެރިޔާގެ ސްޓޭމްޕު ސައިޒުގެ ފޮޓޯއެއް، ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި އަދި ކުރެހުމާއެކު ނަގާފައިވާ ފޮޓޯއެއް އީމެއިލް މެދުވެރިކޮށް ”[email protected]” އަށް ފޮނުވަން ޖެހެއެވެ.

ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު އެވެ. އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. އެ ރަސްކަމުގައި 14 އަހަރުވަންދެން  އެ ދުވަސް ފާހަގަ ކުރުމަށް ފަހު އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 2000 ވަނަ އަހަރު އެވެ.

މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ދިމާވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއެވެ. ރާއްޖެ އިސްލާމްވި ދުވަހަކީ ހިޖުރީގޮތުން ރަބީޢުލް އާޚިރުމަހުގެ 2 ވަނަ ދުވަހެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top