ކާދަރުޚާން އެޑްމިޓްކޮށްފި

kader-khan-000000.jpg

ކާދަރްޚާން

އައްޑިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމްތަކުން ފާހަގަކުރެވުނު އެކްޓަރ އަދި ޑައިލޮގް ރައިޓަރ ކާދަރުޚާން (ކާދަރޭ ) ފުރޮޅުލީ ގޮޑިއެއްގައި ދިރިއުޅުން ހޭދަކުރާތާ ތިން އަހަރުވާން ކައިރިވެއްޖެކަން ދެނެހުރި ކިތައް މީހުން ބާއެވެ؟

“އާނ. އެއީ ހަގީގަތެއް. އަދި މިހާރު އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެގެން ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކޮށްފަ. ” ކާދަރޭ އާއެކު ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައިވާ އޭނާގެ އެކުވެރި ޝަކްތީ ކަޕޫރު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކާދަރުޚާން އެޑްމިޓްކޮށްފައިވަނީ ކެނެޑާގެ ހޮސްޕިޓަލެއްގައެވެ. ކާދަރޭގެ ދެމަފިރިން  ދިރިއުޅެނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ގާތުގައި ކެނެޑާގައި ކަމަށްވާތީ ޚަބަރުތައް ލިބުމުގައި ހުރަސްތަކެއް މެދުވެރިވެފައިވާ ކަމުގައި ބުނަމުން ޝަކްތީ ކަޕޫރު އިތުރަށް ބުނީ ފުރޮޅުލީ ގޮޑިއެއްގައި ދިރިއުޅެން ޖެހުނީ ފައިގެ ފުންނާބަށް ދިމާވި ސިއްހީ މައްސަލައެއްގައި ރަނގަޅަށް ހިގާބިގާ ނޫޅެވޭތީ ކަމުގައެވެ.

“މިއީ ވަރަށް ހިތާމަވެރި ޚަބަރެއް.  އޭނާއާ ގުޅޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން މި އަންނަނީ.  ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އޭނާއާ ގުޅޭނެ ކަމުގެ އުއްމީދު ބޮޑު’ ޝަކްތީ ބުންޏެވެ.

ކާދަރޭގެ ދިރިއުޅުން ކެނެޑާއަށް ބަދަލުކޮށްފައިވަނީ އިންޑިއާ އަށްވުރެ މެޑިކަލް ފެސިލިޓީސް ކެނެޑާގައި  މާބޮޑަށް ރަނގަޅުވުމާއި އޭނާގެ ދޮށީ ދަރިފުޅުވެސް ދިރިއުޅެމުން ގެންދަނީ ކެނެޑާގައި ކަމަށް ވުމުން ހުރިހާ ގޮތަކުންވެސް އެގޮތް ރަނގަޅުކަމަށް އާއިލާ އަށް ފެނިގެންނެވެ.

ފުންނާބު ރަނގަޅުކުރުމަށް އޮޕަރޭޝަނެއްވެސް ކުރިއެވެ. އެހެންނަމަވެސް އެއޮޕަރޭޝަންވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.

ކާދަރޭ އެންމެ ފަހުން ފެނިފައިވަނީ “ހޯގަޔާ ދިމާޣުކާ ދާހީ “އިން އޮގަސްޓް 2015ގައެވެ. އޭރުވެސް އޭނާއަށް  ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެވެ. އަދި ހިނގާބިނގާވެއުޅުމަށްވެސް އޭނާ ވަނީ އުޒުރުވެރިވެފައެވެ.

އެންމެފަހުން އޮކްޓޯބަރ 2015ގައި އޭނާ ހަރިދްވާރްގގެ ރާމްދޭވް އާޝްރަމްގައި އެޑްމިޓްކުރީ ބަލިހާލު ބޮޑުވެގެންނެވެ. އެއަށްފަހު މިހާރު އޭނާ އޮތީ ކެނެޑާގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top