ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެކަމަށް އުޝާމް ވިދާޅުވެއްޖެ

soliha-e1608629297645.jpg

ޒިރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެކަމަށާ މިސަރުކާރުން ކޮރަޕްޝަނަށް ދޭ އަހައްމިޔަތާއިމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ ޓްރާސްޕޯޓް މިނިސްޓްރީއަށް މީގެ ކުރިންވެސް ގިނަ ވައްކަމުގެ ތުހުމަތު ކުރެވި އެކަންކަން ނުބެލިފައި ވަނިކޮށް އަނެއްކާވެސް އިތުރު މައްސަލަތަކެއް ފެންމަތި ވެފައިވާތީކަމަށް ބެލެވެއެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ތަކަކަށް އަނެއްކާވެސް ކުރެވި، އެމައްސަލަ ބަލަން ފެށުމާއި ގުޅިގެން އުޝާމް ވިދާޅުވީ މީގެ ކުރިންވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގުޅޭގޮތުން ލީކުވި އޯޑިއޯތަކުގައިވެސް ޓްރާސްޕޯޓް މިނިސްޓްރީގައި ވައްކަން ކޮށްފައިވާކަމަށް ހާމަވުމުންވެސް އެކަން ބަލާފައި ނުވާކަމަށެވެ. އަދި މިއަދު އަނެއްކާ އިތުރު މައްސަލައެއް ފެންމަތިވެފައިވާއިރު އެކަންވެސް ބެލިދާނެތޯ އުޝާމް ވަނީ ސުވާލު އުފައްދާފައެވެ.

”ކުރީގެ ވަޒީރު އަލީ ވަހީދުގެ ލީކްވި އޯޑިއޯތަކުގަ ބުނާ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގި ވައްކަމުގެ މައްސަލަ ނުބެލުނު. ބާ ބަސްތަކެއް ގެނެސްގެން ވައްކަންކޮށްފި. މިއަދު އަނެއްކާ އިތުރު ވައްކަމެއްގެ ވާހަކަ. އެޅުނު އެއްވެސް ފިޔަވަޅެއްނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ.“އުޝާމް

ޓްރާސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ މައްސަަތަކެއް ހިނގަމުންދާއިރު، މިކަންކަން ނުބެލި ލަސްވާ މައްސަލާގައި ގިނަ ބައެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top