ކެންދޫ ފަޅުތެރޭގައިއޮތް ތެޔޮ ބޯޓެއްގައި އަލިފާންރޯވެ މީހަކު ފިހިއްޖެ

kendhoo.jpg

ކެންދޫގައި މިއަދު ހިނގި ހާދިސާގައި ތެޔޮބޯޓް އަނދަނީ / ފޮޓޯ މިހާރު

ބ. ކެންދޫއަށް ތެޔޮ ބަރުކޮށްގެން ދިޔަ ބޯޓެއްގައި މިއަދު ހެނދުނު އަލިފާންރޯވެ އަނދައި ބޯޓަށް ބޮޑުގެއްލުމެއް ވެއްޖެއެވެ.

ބޯޓު ކެންދޫ ފަޅު ތެރޭގައި އޮއްވާ ހިގި މިހާދިސާގައި ބޯޓުގައި ހުރި ބަންގްލާދޭސް މީހަކު ވަރަށްބޮޑަށް ފިހިފައިވާކަމަށް ބ. ކެންދޫ ކައުންސިލުން ބުނެއެވެ. އޭނާއަށް ފަރުވާ ދިނުމަށް އެމަޖެންސީގައި މެންދުރުކުރީގައި ވަނީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފައެވެ.

ކެންދޫ ކައުންސިލުން ބުނީ މިބޯޓުގައި އަލިފާން ރޯވާން މެދުވެރިވިކަމަށް ބެލެވެނީ އެބޯޓުން ޕަންޕެއް މެދުވެރިކޮށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައިކަމަށެވެ. ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ޕަމްޕު ކުއްލިއަކަށް ބޯޓު ތެރެއަށް ވެއްޓި، މުޅި ބޯޓު ތެރެއަށް ޕެޓްރޯލް އެޅުނު ކަމަށް މަންޒަރުދުށް މީހުން ބުނާކަމަށެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި ރޯވީ، ސައިލެންސަރުގައި ހުޅު ހިފައިގެން ކަމަށް ބެލެވޭކަމަށެވެ.

އިބްރާހީމް ވިދާޅުވީ ބޯޓުގައި ހުޅުހިފުމާއެކު، އިތުރު ނުރައްކަލެއް ވެދާނެތީ ބޯޓު ވަގުތުން ބަނދަރުން ބޭރަށް ނެރެފައިވާކަމަށެވެ. އަދި ބޯޓުގެ ބޮޑުބައެއް އަނދައި ހުލިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ އެބޯޓަކީ ކެންދޫގެ ފިހާރައަކަށް ޑީސަލާއި ފެޓްރޯލް ހިފައިގެން ކެންދޫއަށް އައި ބޯޓެއްކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top