އަނަންތަރާއާ، ފޯސީޒަން މެޗު އެއްވަރުވެ، ދެ ޓީމަށް ސެމީގެ ފުރުސަތު ހަނިވެއްޖެ

DSCN8386.jpg

އަނަންތަރާގެ ހަމަލާއެއް ދިފާއު ކުރުމަށް ފޯސީޒަންގެ ކީޕަރު މަސައްކަތް ކުރަނީ - ފޮޓޯ :އީވީ

އިންޓަ ރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު އަނަންތަރާއާއި، ފޯސީޒަން ލަނޑާގިރާވަރު ބައްދަލުކުރި މެޗް 0-0 ގެ ނަތީޖާއިން އެއްވަރުވުމާ ގުޅިގެން ދެޓީމަށްވެސް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެގެން ދެޓީމަށްވެސް ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކުރުމަށް ފުރުސަތު އޮތެވެ.

މިއަދުގެ މެޗްގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ އަނަންތަރާ ޓީމް ކުރިޔަށްޖެހިގެން ފޯސީޒަން ގޯލަށް ފުލުފުލުން ފޮނުވާލި ހަމަލަތަކެވެ. ނަމަވެސް ހުރަހަކަށްވީ ފޯސީޒަންގެ ހުށިޔާރު ގޯލްކީޕަރެވެ. ފަހުހާފުގައި ފޯސީޒަންއިން ކުޅުން ރަނގަޅުކޮށް އަނަންތަރާ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކުރިއެވެ. ނަމަވެސް އަނަންތަރާގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި އެޓީމްގެ ފޯވާޑުންނަށްވަނީ ދަތިތަކާ ދިމާވެފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޯސީޒަން ލަނޑާ ގިރާވަރުގެ ޖާޒީނަމްބަރ 6 މުހައްމަދު ނައީމްއެވެ.

މިއަދުގެ މެޗަށްފަހު ގްރޫޕްއޭގެ ތާވަލަށް ބަލާއިރު އެއް މެޗު ކުޅެގެން 3 ޕޮއިންޓާއެކު އަދިވެސް އޮތީ ސޮނެވާފުއްޓެވެ. ދެމެޗުން އަނަންތަރާ 2 ވަނާގައި އޮތީ 2 ޕޮއިންޓާއެކުއެވެ. ފޯސީޒަންއަށާ، މިލައިދޫއަށް 1 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން 3 ވަނަލިބެނީ މިލައިދޫއަށެވެ.

މިމުބާރާތުގައި މާދަމާ ކުޅޭ މެޗްގައި ބައްދަލުކުރާނީ ގްރޫޕްއޭގެ ސޮނެވާފުއްޓާ، މިލައިދޫއެވެ. މިމެޗުން ސޮނެވާ މޮޅުވެއްޖެނަަމަ ސެމީފައިނަލް ކަށަވަރުވާނެއެވެ. މިލައިދޫ ސެމީގެ އުއްމީދު ބޮޑުކުރުމަށް މެޗްކާމިޔާބުކުރުން މަޖުބޫރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top