ރާއްޖޭގެ އެންމެ ބޮޑު ޝޮޕިންގ މޯލާއެކު ”ރެޑްވޭވް ”ތާރީޚްގެ ތެރެއަށް

big_WjIdBH4y3kVhefPWtiMeBJCIy.jpg

ރެދްވޭވް އިން އަލަށް ހުޅުވާ "ރެޑްވޭވް މެގަ މޯލް " ފޮޓޯ : ރެޑްވޭވް

ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު ޝޮޕިންގ މޯލްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދާނެ “ރެޑްވޭވް މެގަ މޯލް” އަންނަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ކުންފުނީގެ 12ވަނަ ފިހާރަ އިގެ ގޮތުގައި މި ޝޮޕިންގ މޯލް ހުޅުވަން ތައްޔާރު ވާއިރު މިހާރުވެސް ހުޅުމާލޭގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10،000 އަކަ މީޓަރުގެ ބޮޑު ފިހާރައެއް ރެޑްވޭވްގެ ޗޭނުގެ ދަށުން އަންނަނީ ހިންގަމުންނެވެ.

ރެޑްވޭވް ކޮމްޕެނީގެ މެނޭޖަރ އަލީޝަހީމް މި ޝޮޕިންގމޯލް އާ ބެހޭ ގޮތުން އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ 8،000 އަކަ މީޓަރުގެ ބޮޑު ހަތަރު ފްލޯ ހުންނަ “ރެޑް ވޭވް މޯލް” ވެގެންދާނީ މާލޭގެ އިތުރުން މި ރީޖަނުގައިވެސް ފާހަގަ ކޮށްލެވޭ ބޮޑު ވިޔަފާރީގެ މަރުކަޒަކަށް ކަމުގައެވެ.

އަލީ އިތުރަށް ވިދާޅުވީ ކަރަންޓު ސިޑި އާއި ލިފްޓް ހަރުކޮށްފައިވާ މި ފިހާރައިން 100،000 އަށްވުރެ ގިނަ ވައްތަރުގެ މުދާ ލިބެން ހުންނާނެކަމަށާއި މިފިހާރައިގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ވިޔަފާރި ކޮށްލެވޭނެ ކަމުގައެވެ.

ރެޑްވޭވް ފިހާރަތަކުގެ އެންމެ ޚާއްސަ ކަމަކީ އާއްމުން ބޭނުންކުރާ ގިނަ ބާވަތަތަކުގެ މުދާ އެއްތަނަކުން ގަންނަން ލިބުމުގެ އިތުރުން އަތްފޯރާ ފަށުގައި ހުރިހާ މުދަލެއްވެސް ލިބެން ހުރުންކަމުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top