ފިނޮޅު ރިސޯޓް ،ރިސޯޓް މުބާރާތް ކާމިޔާބު ކޮށްފި

ފިނޮލހު.jpg

ފިނޮޅު ޓީމް

އޭދަފުށީ ޒުވާނިންގެ ކްލަބް ގެ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ފިނޮޅު ރިސޯޓް ކާމިޔާބު ކޮށްފިއެވެ. ފިނޮޅު މި މުބާރާތް ކާމިޔާބު ކުރީ އިއްޔެ ހަވީރު ފައިނަލުގައި އަނަންތަރާ ކިހަވައް ވިލާސް އާއި ވާދަ ކޮށް 1-0 އިން މޮޅުވެގެންނެވެ.

ގިނަ ބައެއްގެ ތަރުހީބާއެކު ކުޅެމުން ދިޔަ މި ފޯރިގަދަ ފައިނަލް މެޗުގެ ހަމައެކަނި ގޯލް ފިނޮޅުން ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އެޓީމުގެ އަހްމަދު ނިޒާމު އެވެ.

މި މެޗުގައި އަނަންތަރާއަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔަކަން ފާހަގަ ކުރެވުނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމް ލިބިފައިވަނީ މިއަދުގެ މެޗުގެ ގޯލް ފިނޮޅަށް ކާމިޔާބު ކޮށްދިން އަހްމަދު ނިޒާމަށެވެ.

ފިނޮޅު ރިސޯޓްގެ ސާމީ- ކާމިޔާބީގެ އުފަލުގައި ތައްޓާއެކު

އޭނާއަށްވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެސްޓް ފޯވާޑްގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.

މުބާރާތުގެ އެއް ވަނަ މިޑްފީލްޑް ކުޅުންތެރިޔަކަށް ހޮވާފައިވަނީ ފިނޮޅުގެ ސާމީ އިބްރާހިމް އެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ލިބުނީ އަނަންތަރާގެ އަހްމަދު ސިމާނު އަށެވެ. އުއްމީދީ ކުޅުންތެރިޔަކަށް ހޮވާފައިވަނީ އެފްސީ އަނަންތަރާގެ ހުސައިން ހަންނާނަށެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފިނޮޅުގެ މުޚްތާޜު ނަސީރު(ޓޫ ކިލޯ )  އެވެ.

ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރއަޕް ޓީމަށް އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top