ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު ޔުމްނާ އާތިފަށް ގާލްގައިޑްގެ އެންމެ ޝަރަފްވެރި”ޕްރެޒިޑެންޓްސް ބެޖް“

capture-89.jpg

ޔުމްނާ އާއި ގާލް ގައިޑް ބެޖު ހަވާލު ކުރުން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ފާތިމަތު ޔުމްނާ އާތިފް، ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖު، “ޕްރެޒިޑެންޓްސް ބެޖް” ހާސިލު ކޮށްފި އެވެ.

މި ބެޖު ޔުމްނާއާއި ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޕްރެޒިޑެންޓްސް ބެޖް ހަވާލުކުރުމަށް މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރ ނިއުމާތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

ފާތިމަތު ޔުމްނާ އާތިފަށް “ޕްރެޒިޑެންޓްސް ބެޖް” ހަވާލުކޮށްދެއްވުމަށް ފަހު، މަރުހަބާ ވިދާޅުވެ ބެޖް ހާސިލު ކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ރައީސް ތައުރީފު ކުރެއްވި އެވެ.

ގާލްގައިޑް ހަރަކާތަކީ ސްކޫލްތަކުގައި ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއް ކަމަށާއި، 1998 ވަނަ އަހަރު، “ޕްރެޒިޑެންޓްސް ބެޖް” ތައާރަފް ކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖު ލިބުނު 14 ވަނަ ދަރިވަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ޔުމްނާ, ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާގެ މަންމައާއި ބައްޕަ އާއި އެކު ފޮޓޯއަކަށް ހުއްޓިގެން — ފޮޓޯ: ރައީސް އޮފީސް

“މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސިލުކުރި ފުރަތަމަ ފަހަރު. ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަހުރުވެރި ޝަރަފެއް.” ރައީސް ވިދާޅުވި އެވެ.

ޔުމްނާ ވަނީ ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް، “ޕްރެޒިޑެންޓްސް ބެޖް”ގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top