މިމަހު ފަހުކޮޅު ލަންކާގެ ވައިގެ ބަނދަރު ހުޅުވާލަނީ

colombo-bandaranaike-international-airport-cmb.jpg

ކޮވިޑް -19 އާއި ގުޅިގެނ ބަންދު ކޮށްފައި އޮތް ސްރިލަންކާގެ ވައިގެ ބަނދަރު މިމަހު ފަހުކޮޅު ހުޅުވާލަން ނިންމައިފިއެވެ.

ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކުރި ގޮތުގައި މިމަހުހެ 26 ވަނަ ދުވަހު ކޮމާޝަލް އަދި ޗާޓަރު ފްލައިޓް އޮޕަރޭޝަންތައްފަށާނެއެވެ.

އެއޮތޯރިޓީން އާންމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެގައުމުގެ ވައިގެ އުދުހުންތަކުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން، މިހާލަތުގައި ދަތުރު ކުރުމަށް ހާއްސަ ގަވައިދުތަކާ އުސޫލުތަކެއް އެ އިދާރާއިން އާންމު ކުރާނެ ކަމަށެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ، ލަންކާ އަލުން ހުޅުވާލާއިރު އެންމެ އިސް ކަމެއް ދޭނީ، ކުޑަ މުއްދަތެއްގައި ބޮޑު ހަރަދު ކުރާ ފަތުރުވެރިންނަށް ކަން ދޭހަވާފަދަމޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ ސްރީލަންކާ އަކީ ފަތުރުވެރި ދިވެހިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top