ރުގްޔާގެ ނަމުގައި ޖިންސީގޯނާ ކުރިމީހާ ޝަރީއަތް ނިމެންދެން ބަންދު

AE4A9CCA-15D1-45D4-8E48-E3143FF247AB-1200x600.jpeg

އުތުރުގެ ރަށެއްގައި ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ނިންމާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެން މީހާ ކަމަށެވެ. އޭނާއަކީ ރުގްޔާ ކުރުމުގެ ނަމުގައި ތިންމައިންނަށް ޖިސްމާނީ އަނިޔާދީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާކަމަށާއި މިމިހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި މިވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންކަމަށް ފުލުހުން ބުނެފައިވެއެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އަންހެނަކު ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އެ އަންހެންމީހާ ވަނީ ބަޔެއް މީޑިޔާތަކަށްވެސް ކިޔާދީފައެވެ. އަދި ރުގްޔާކުރުމުގެ ނަމުގައި އައި މީހާ މި އަންހެންމީހާގެ 3 ދަރިންނަށްވެސް ޖިންސީ ގޯނާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މެދުރާއްޖެތެރޭގައި މިދިޔަ އޮގަސްޓުން ފެށިގެން އެ ހަތަރު މައިން ގޭތެރޭގައި ބަންދުކޮށްގެން ގެންގުޅުނުއިރު، އެ މީހުންނަށް ސަލާމަތްވެވުނީ ނޮވެމްބަރުމަހުގެ 30 ގައެވެ.

ޖިންނީގެ އުނދަގުލުން ސަލާމަތްވުމަށްކަމަށް ބުނެ ހިންގި ޖަރީމާގައި 07 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާއިރު، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާދިންކަމަށް އެ ކުދިންގެ މަންމަ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ޖެންޑަރ މިނިސްޓްރީ ގުޅިގެން ތަހްގީގުކުރަމުން އަންނަކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top