“ހަސަންބެ ވަޅު”ގެ ބަދަލުގައި އެހެންވަޅެއް ރާނަން ފަށައިފި

ހަސަންބެ ވަޅުގެ ބަދަލުގައި ހަދާ ވަޅުގެ މަސައްކަތުގައި ކައުންސިލްގެ ރައީސާއި، ކައުންސިލް މުވައްޒަފަކު އަންގާރަދުވަހު ހަރަކާތްތެރިވަނީ / ފޮޓޯ: އަބްދުލްޤައްޔޫމް

ހަސަންބެ ވަޅުގެ ބަދަލުގައި ހަދާ ވަޅުގެ މަސައްކަތުގައި ކައުންސިލްގެ ރައީސާއި، ކައުންސިލް މުވައްޒަފަކު އަންގާރަދުވަހު ހަރަކާތްތެރިވަނީ / ފޮޓޯ: އަބްދުލްޤައްޔޫމް

ކެއްކުމަށާ، ބުއިމަށް މިދިޔަ ބައިގަރުނުގެތެރޭގައި އޭދަފުށީގެ އެންމެ ގިނަބަޔަކު ބޭނުންކުރި ފެންވަޅު ކަމުގައިވާ ހަސަންބެ ވަޅުގެ ބަދަލުގައި އެވަޅާ ކައިރި ސަރަހައްދެއްގައި އިތުރު ވަޅެއް ރޭނުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރީގެ އޭދަފުށީ ހުޅަނގު އަންހެނުން މިސްކިތް ތަޅާލައި ބިންސާފުކުރުމަށްފަހު އެގޯތީގެ ހުޅަނގު ދެކުނު ކަންމަތީގައި އާވަޅެއް ރާނަންފެށީ މިދިޔަ ހަފްތާތެރޭގައި ކައުންސިލުން އިސްނަގައިގެންނެވެ. އޭދަފުށީ ކައުންސިލުން ބުނީ މިއީ އަމިއްލަ ފަރާތެއްގެ އެހީގައި ރާނާ ވަޅެއްކަމަށާ، މިވަޅުގެ ފެން އާންމުންނަށް ފަސޭހައިން ލިބޭނޭގޮތަކަށް އިސްކުރުބަރިއެއްވެސް ހަދަން ނިންމާފައިވާކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ހަސަންބެ ވަޅުގެ ބަދަލުގައި އާވަޅެއް ރާނަނީ ދިރާސާކުރުމުގެ ގޮތުން ކަމަށާ، މިވަޅުގެ ފެން ރައްޔިތުންނަށް ކަމުހިނގައްޖެނަމަ، ހަސަންބެވަޅު ތަޅާލުމާމެދު ވިސްނާނެކަމަށެވެ. އޭނާ ވިދާޅުވީ ހަސަންބެވަޅު ތަޅާލުމާމެދު ވިސްނަންޖެހެނީ މިހާރުއެވަޅުހުރި ތަނުގެ ގޮތުން އެބިމުގެ ސަރަހައްދު އެންމެ އެކަށީގެންވާގޮތުގައި ބޭނުންނުކުރެވިދާނެކަމަށްޓަކައެވެ.

“މިވަޅުގެ ފެން އަޅުގަނޑުމެން ރައްޔިތުންނަށް ކަމުދޭތޯ ފުރަތަމަ ބަލާނީ. ކަމުހިނގައްޖެނަމަ ހަސަންބެ ވަޅާމެދު ދެވަނަ ވިސްނުމަކަށް ދާނީ.”

މިހާރުވެސް ގިނަބަޔަކު ކެއްކުމަށް ފެން ބޭނުންކުރާ ހަސަންބެ ވަޅަކީ މީގެ ފަންސާހަކަށް އަހަރުކުރިން އޭރުގެ ހުޅަނގު ސަރަހައްދު އަންހެނުންގެ މިސްކިތުގެ ގޯތިތެރޭގެ އިރުމަތީކޮޅުގައި އޭދަފުށީ ޕޭންޓްލޭންޑް ނައިބުހަސަން ރޭނި ވަޅެއްކަމަށްވެއެވެ. މިވަޅު ގިނަދުވަސްވެ ވީރާނާވަމުންދާތީ، އެވަޅާ އިންވެގެން މިސްކިތުގެ ގޯތިތެރޭގެ އިރު އުތުރު ކަނުގައި މީގެ ވިއްސަކަށް އަހަރުކުރިންވެސް އޭދަފުށީ އަމިއްލަ ފަރާތަކުން އިތުރު ވަޅެއް ރޭނިއެވެ. ނަމަވެސް އެވަޅުގެ ފެން އާންމުންނަށް ކަމުދާގޮތްނުވެގެން ވަޅުވަނީ ތަޅާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top