އޭދަފުށީގައި އަލަށް ”މަސް މާރުކޭޓެއް”

DSCN8702.jpg

އޭދަފުށީގައި އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ މަސް މާރުކޭޓު --އީވީ ފޮޓޯ :ޝާހިރު

އޭދަފުށީ އިރުމަތީކޮޅު ބަނދަރު ސަރަހައްދުގައި އަލަށް މަސް ކަނޑާތަނެއް ހަދައި އެތަން ރަސްމީ ކޮށް ހުޅުވައިފިއެވެ.

އަމިއްލަ ފަރާތަކުން ހަދާފައިވާ މި މަސް ކަނޑާތަން އޭދަފުށީ ކައުންސިލާ ހަވާލު ކުރުމުން ކައުންސިލުގެ ފަރާތުން އެތަން ރައްޔިތުންގެ ބޭނުމަށް ހުޅުވާލާފައިވަނީ މި މަހުގެ 1ވަނަ ދުވަހު އެވެ.

މިތަނަށް މަސް މާރުކޭޓެއްގެ ނަން ބޭނުން ކޮށްގެން ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސްމާރުކޭޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ރަށަށް ބާނައިގެން ގެންނަ މަސް ސީދާ މާރުކޭޓު ސަރަހައްދަށް ބޭލުމަށާއި މަސް މާރުކޭޓު ސަރަހައްދަށް އެރުވޭވަރަށް ވުރެ އިތުރުވާނަމަ ބަނދަރު ސަރަހައްދުގެ ދެކޮޅު ހުރަސްތޮށި ކައިރީގައި ސަތަރިއެއް ކަހަލަ އެއްޗެއް އަޅައިގެން މަސް އެރުވުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ކައުންސިލުގެ  އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެއްގަމު ތޮށީގައި މަސް ނުކެނޑުމަށާ އެއްގަމު ތޮއްޓަށް މަސް ނޭރުވުމަށް ވެސް ކައުންސިލުން ނަސޭހަތްތެރި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top