ސުނާމީއަށް ހޭލުންތެރިކުރުވުމާބެހޭ ޑްރިލް އެއް ބާއްވަނީ

DSC_2238.jpg

ސުނާމީއަށް ހޭލުންތެރި ކުރުވުމަށް އޭދަފުށީގައި ބާއްވާ ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން: ފޮޓޯ/ ބއތމ

ސުނާމީއަށް ހޭލުންތެރިކުރުވުމާ ބެހޭ ޑްރިލް އެއް އޭދަފުށީގައި ބާއްވަން ނިންއިފިއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން އެ ސްކޫލްގައި އަންނަ ބުދަދުވަހު ބާއްވާ މި ޑްރިލް އަކީ “އޭޝިއާ ފެސިފިކް ރީޖަނަލް ސްކޫލް ސުނާމީ ޑްރިލް ޕްރޮޖެކްޓް”ގެ ނަމުގައި ، އޭޝިޔާ ޕެސިފިކް ރީޖަންގެ ސްކޫލްތައް ސުނާމީ ކާރިސާއަށް ހޭލުންތެރިކުރުވަން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮޖެކްޓުގެ މައުލޫމާތު ދިނުމުގެ ސެޝަންތައް މިހާރުވަނީ ފަށައިފަ އެވެ. ޓްރެއިނިން ސެޝަންތައް ކުރިއަށް ގެންދަނީ، ޔޫއެންޑީޕީއާ، މޯލްޑިވިއަން ރެޑްކްރެސެންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ގުޅިގެންނެވެ.

މި ސެޝަންތަކުގައި ސުނާމީ އިވެކުއޭޝަން ޑްރިލް އަށް ތައްޔާރުވުމުގެ ގޮތުން ސުނާމީ އަށް އަހުލުވެރިކުރުމުގެ ސެޝަންތަކާއި، ރަށުގެ ރިސްކް ޕްރޮފައިލް، މުވައްސަސާތަކުގެ އަދި ސްކޫލް މުވައްޒަފުންގެ ދައުރާއި ޒިންމާ، ސެކިއުރިޓީ ބެލެހެއްޓުން، ހިނގާފާނެ އަލިފާނުގެ ހާދިސާ ތަކަށް އަހުލުވެރިކުރުވުމުގެ ސެޝަން، ފުރަތަމައެހީ އަދި ސައިކޮސޯޝަލް އެހީ ދޭނެގޮތްތަކަށްއަހުލުވެރި ކުރުވައި، “ސްކޫލް އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭން” (އެސް.އީ.އޯޕީ) އަށް އަހުލުވެރިކުރުވައި އަދި ޓްރޭނިން ސެޝަންތަކެއްވެސް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފަސް ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައި ވެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒަކީ މި ޕްރޮޖެކްޓް ހިންގާ 5 ވަނަ ސްކޫލެވެ.

ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން  ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ގުޅިގެން ދުނިޔޭގެ 18 ގައުމެއްގެ 90 ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top