އިންޑިއާގެ މޭޔަރއަކު އުމުރުން59 އަހަރުގައި ސްކޫލަށްދާން ފަށައިފި

61166c90-e771-11e5-872f-c4e2863eb78d.jpg

މޭޔަރ ޝިވްސިންގ ގްރޭޑް 10ގެ ދަރިވަރުންނާއެކު ޓެސްޓް ހަދަނީ

އިންޑިއާގެ ބާރާތުޕޫރުގެ މޭޔަރ ، އުމުރުން 59 އަހަރުގެ ޝިވްސިންގ އެއަވަށުގައި ހުންނަ ގަވަރންމަންޓް ސެކަންޑްރީސްކޫލްގައި ގްރޭޑް 10ގެ ދަރިވަރުންނާއެކު ގްރޭޑް 10ގެ ޓެސްޓްގައި ބައިވެރިވެއްޖެއެވެ.

ޝިވްސިންގ ސްކޫލް ނިންމާފައިވަނީ 1971ގައި ގްރޭޑް 8 އާއި ހަމައިންނެވެ.

” އަހަރެން ބޭނުން އެންމެ ދަށްވެގެން ގްރޭޑް 12 އިން ފާސްވާން. ” އެތައް އަހަރެއްގެ ފަހުން އަލުން ސްކޫލާގުޅުނު މޭޔަރ ވިދާޅުވިއެވެ.

ގްރޭޑް 10 ގެ ދަރިވަރުންނަށް ދޭ އިމްތިހާނުގައި މިދިޔަ ބުރާސްފަތި ދުވަހު އޮތީ އިނގިރޭސި ފުރަތަމަ ޕޭޕަރެވެ.

ސިންގ ވިދާޅުވީ އެދުވަހު އިމްތިހާނު ހަދާފައިވާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި މިހާރު ތައްޔާރުވަމުން މިދަނީ މި މަހުގެ 12ގައި އޮންނަ ދެވަނަ ޕޭޕަރަށްކަމުގައެވެ.

ޝިވްސިންގ ވިދާޅުވިގޮތުގައި އޭނާ ޕްރައިމަރީ ތައުލީމު ނިންމާފައިވަނީ ދިރިއުޅުނު އަވަށުން ފެށިގެން 7 ކިލޯމީޓަރ ދުރުގައި ހުންނަ ޕްރައިމަރީސްކޫލަކުން ކަމުގައެވެ. އެސްކޫލްގައި ކިޔަވަން ފެށިއިރު އެތަނުގައި ކިޔެވޭ އެންމެމަތީ ގްރޭޑަކީ ގްރޭޑް 5 އާ ހަމައަށްކަމުގައިވިޔަސް ގްރޭޑް 5 ނިމުމުގެ ކުރިން އެތަނުގައި ކިޔަވައިދޭ ފެންވަރު ގްްރޭޑް 8 އާހަމައަށް ބަދަލު ކުރިއެވެ. އެހެންކަމުން ސިންގއަށް ތައުލީމީ ހަޔާތުގައި ކުރިއަށް ދެވުނީ ގްރޭޑް 8 އާހަމައަށެވެ.

ޝިވްސިންގއަކީ ބާރާތްޕޫރުގެ ވިޔަފާރިވެރިއެކެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުތީ 2004ގައި އޮތް އެއަވަށުގެ މުނިސިޕަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވެ އެއިންތިޚާބު ކާމިޔާބުކުރުމާ ހަމައިންނެވެ. 2014 ގައިބާރާތްޕޫރުގެ މުނިސިޕަލްޓީ، މުނިސިޕަލް ކައުންސިލަކަށް ބަަދަލު ވުމާއެކު އޭނާވަނީ ބާރާތުޕޫރުގެ ފުރަތަމަ މޭޔަރގެ މަގާމަށްވެސް އިންތިޚާބުވެފައެވެ.

ޝިވްސިންގް ވިދާޅުވީ އޭނާ އަލުން ކިޔެވުމާ ދިމާލަށް އެނބުރުމަށް ޝައުގުވެރިވީ އިންޑިއާ ސަރުކާރުގެ ތައުލީމީ ސިޔާސަތަށް ގެނެސްފައިވާ ބަދަލަކުން އިލެކްޝަންތަކުގައި ބައިވެރިވެވޭނީ ތައުލީމީ ގޮތުން ވަކި ފެންވަރެއް ހުންނަ މީހުންނަށް  ކަމުގައި ނިންމުމާ ގުޅިގެންނެވެ. އޭނާ ވަނީ މިއީ ސަރުކާރުން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ފާހަގަ ކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top