ކަނޑު ގަދަވެ ވިއްސާރަވެއްޖެ

DSCN7576.jpg

މޫސުން ގޯސް ދުވަހެއް

ކަނޑު ގަދަވެ ވިއްސާރަވުމާ ގުޅިގެން ރާއްޖޭގެ ބޮޑުސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާ(މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައވަނީ ހއ.އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިރޭ 7 ޖެހުމާއި ހަމައަށެވެ.

މެޓުން ބުނީ މި ވަގުތުތަކުގައި ކަނޑުގަދަވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މާދަމާ ހެނދުނާއި ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.

“މިއަދުވެސް އަދި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ. ވައިވެސް ގަދަވާނެ ކަމަށް ލަފާކުރެވިފަ ވަނީ ގަޑިއަކު 19 މޭލާއި 24 މޭލަށް، އަދި ވިލާގަނޑުގައި 45 މޭލަށް ގަދަވާނެ. ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ،” މެޓުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top