ބީއެމްއެލް ކްރެޑިޓް ކާޑުގެ ލިމިޓް އިތުރު ކުރަނީ

https___www.bankofmaldives.com_.mv_storage_article_553_5092_1653841677.16538416773680.jpeg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކްރެޑިިޓް ކާޑުގެ ލިމިޓް އިތުރު ކުރަން އަނެއްކާވެސް ވިސްނަމުންދާކަން އެ ބޭންކުގެ ސީއީއޯ ޓިމޮޓީ ސޯޔާ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ވިދާޅުވީ ކްރެޑިޓް ކާޑުގެ ލިމިޓް އިތުރުކުރަން އުންމީދު ކުރިނަމަވެސް ޑޮލަރުގެ މަގާމު ނާޒުކު ކަމަށެވެ. ރުފިޔާ ޑޮލަރާ ގުޅިފައި އޮތުމާއި ޓޫރިޒަމް އިހުހުރި ހާލަތަށް އައިނަމަވެސް ޑޮލަރުގެ މަގާމު އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

ޓިމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަކީ ހަމައެކަނި ފަތުރުވެރިކަމަށް ކުރިމަތިވީ ގޮންޖެހުންތަކާއި ގުޅުންހުރި މައްސަލައެއް ނޫންކަމަށާއި، މިމައްސަލައާއި މުޅި ދުނިޔޭގެ ޑޮލަރުގެ މާރކެޓަށް އަންނަ ބަދަލުތަކާވެސް ގުޅުން އޮތް ކަމުގައެވެ.

“އެމެރިކާގެ ފެޑެރަލް ރިޒާވުން މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ފެޑެރަލް ރިޒާވް އިން ކުއަންޓިޓޭޓިވް އީޒިން އަންވައިންޑް ކުރަން ފެށި ފަހުން، ބައިނަލްއަގްވާމީ ޑޮލަރުގެ މާކެޓް ތަކުން ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ވަނީ ނަގާފަ،” ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ކަސްޓަމަރުން ބަހައްޓާ ޑިޕޮސިޓް ބޭންކަށް ބޭނުން ނުކުރެވޭނެ ކަމަށާ، މި ޑޮލަރު ހޭދަ ކުރަނީ ޑޮލަރުގެ ޓީޓީ ހެދުމާއި ވިޔަފާރީގެ ބޭނުންތަކަށް އަދި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އަދި ކިޔަވަމުންދާ ދަރިވަރުންގެ ބޭނުން ތަކަށް ކަމަށެވެ.

ޑޮލަރުގެ ތާށިކަމާހުރެ ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ލިމިޓް، ދަށްކުރުމަށްފަހު ދުވާލަކަށް 750 ޑޮލަރަށް މަތި ކޮށްފައިވަނީ ފާއިތުވެދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ.

ކޮވިޑް އާއެކު ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ ސަބަބުން، ރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ބޭންކުގެ ކްރެޑިޓް ކާޑުގެ ބޭނުން ކޮށްގެން ކުރާ ޑޮލަރުގެ މުއާމަލާތް ދުވާލަކަށް 250 އެމެރިކާ ޑޮލަރަށް ހަމަޖެއްސީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެއަށްފަހު ފާއިތުވި އަހަރުގެ ޖުލައިމަހު އެ އަދަދު 500 ޑޮލަރަށް ބޭންކުން ބޮޑުކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top