އަންނަ އަހަރު ކުރީކޮޅު، މަހުގެ އަގު މަތިވާން ފަށާނެ: ރައީސް

raees-solih-phbne9da2ulm756tw5tlu69aw9yn6f9e02jwlk1yeo.jpg

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ މާލެއަތޮޅު ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އިސްކަން ދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމަ އެހެންމެ މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމަކީ އެންމެ އެންމެ އިސްކަންދޭ އެއް ކަން ކަމަށާއި, މި ސަރުކާރު ވެރިކަމަށް އައިއިރު, މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ ކިރާ މަހަށް އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށެވެ. ކޮންމެ މީހަކު ވެސް މަސައްކަތެއކުރާއިރު އެއާ އެކަށޭނަ އަގު ނުވަތަ އުޖޫރަ ލަސްނުވެ ލިބުމަކީ އެމީހަކުއެންމެ ބޭނުން ކަންތައް ކަމަށް ރައީސް ފާހަގަކުރެއްވިއެެވެ.

މީގެ އިތުރުން، މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސް ވަނީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމުގައި ހާމަކުރައްވާފައެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިސާދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިހުލާސް ތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފެށިފަހުން މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ކަމުގައި ވިޔަސް ހަގީގަތަކީ ދިވެހިންގެ ހަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top