އެކްޓަރ ވިނޯދްކަންނާ މަރުވެއްޖެ

35A_vin.jpg

ހިންދީ ފިލްމްތަކުން މަޝްހޫރު އެކްޓަރ ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ވިނޯދުކަންނާ މަރުވެފައިވަނީ މުމްބާއީގެ ސަރ ރިލަޔަންސް ފައުންޑޭޝން ހޮސްޕިޓަލްގައި ކުޑަދުވަސްކޮޅެއް ކުރިން އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ހާލު ބޮޑުވެގެން އޭނާވަނީ އޭގެ ކުރިންވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. އެކަމަކު ހޮސްޕިޓަލުން އޭރުވެސް ބުނަމުން ގެންދިޔައީ ބްލެޑަރ ކެންސަރަށް ކަމުގައެވެ. ފަރުވާ ހޯދުމަށް ފަހު އޭނާ ގެއަށް ބަދަލު ކޮށްފައިވަނީ ހާލު މުޅިން ރަނގަޅު ވެގެން ކަމަށް އާއިލާއިން އޭރު ބުނަމުން ގެންދިޔަ އެވެ.

ފިލްމީ ކެރިއަރުގައި ވިނޯދު ހޭދަކުރި 49 އަހަރުގެ ތެރޭގައި އޭނާ ވަނީ 100އަށް ވުރެ ގިން ފިލްމް ކުޅެފައެވެ. އޭނާގެ ފާހަގަކުރެވޭ މޮޅު ފިލްމްތަކުގެ ތެރޭގައި އަމަރް އަކްބަރް އެންތޮނީ ،ދަޔާވަން ، މޭރޭ އަޕްނޭ ފަދަ އެތައް ފިލްމް ހިމެނެއެވެ.

1999 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އޭނާއަށް ލިބުނެވެ.
 
ފިލްމީ މަސައްކަތްތަކަށް ފަހު ވިނޯދް ވަނީ ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވެފައެވެ.  މަރުވި އިރު އޭނާ އަކީ ގުރްދަސްޕޫރްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
އޭނާގެ ފިލްމީ ހަޔާތުގައި ހޭދަކުރި 49 ވަރަކަށް އަހަރުގެ ތެރޭގައި 141 ފިލްމެއްގައި ބައިވެރި ވެފައިވެ އެވެ. 

އެންމެ ފަހުން ވިނޯދު ހިންދީ ފިލްމަކުން ފެނިފައިވަނީ 2015 ގައި ނުކުތް “ދިލްވާލޭ” އިން ނެވެ.  އޭނާ މިހާރު ކުޅޭ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ގުލްބަހާރު ސިންގް ގެ “އޭކް ތީ ރާނީ އޭސީ ބީ” އެވެ. މި ފިލްމުގައި ވިނޯދް އާއެކު ހެމާ މާލިނީ ވެސް ބައިވެރިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top