ތަޖްރިބާ ހުރި ހަރުމީހުން ލައިގެންނޫނީ ކައުންސިލެއް ނުހިންގޭނެ – ކުރީގެ ކަތީބު އަލީ ޔަހްޔާ

IMG_20170419_221148.jpg

އޭދަފުށީ ހުސްނުހީނާގޭ އަލީ ޔަޙްޔާ - ފޮޓޯ :އޭދަފުށީ ވޮއިސް

އޭދަފުށީ ކައުންސިލް ހިންގަން ބޭނުންވަނީ ޒުވާނުންނަށްވުރެ، ތަންކޮޅެއް ދޮށީ އުމުރުގެ ތަޖްރިބާ ހުރި މީހުންކަމަށް އޭދަފުށީގެ ކުރީގެ ކަތީބު އަދި ކައުންސިލްގެ ފުރަތަމަ ދައުރުގެ މެންބަރުކަންވެސް ކުރެއްވި އަލީ ޔަހުޔާ ވިދާޅުވެއްޖެއެވެ.

އޭދަފުށީ ވޮއިސްގެ ޝަހްޝިއްޔަތު ކޮލަމަށް ދެއްވި އިންޓަވިއުއެއްގެ ހަވާސާގެތެރެއިން އަލީ ޔަހްޔާ ވިދާޅުވީ ތަންކޮޅެއް ދޮށީ މީހުން ނުވަތަ ހަރުމީހުން ކައުންސިލަށް މުހިއްމުވާކަން ހާމަވަނީ އޭދަފުށީ ކައުންސިލްގެ ނިމިގެންމިދާ ދައުރުގެ މިސާލަށް ބެލުމުންކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންނަށް ކައުންސިލް ނުހިންގިގެން އުޅެނީ ސިސްޓަމްގެ މައްސަލައަކުން ނޫންކަމަށާ، ކައުންސިލްތައް ހިންގާނެ ގޮތެއް ހަމަނޭނގިގެންކަމަށެވެ.

“މިކަން ކުރަން ނޭގެނީ. ކުރަންވާ ގޮތްތައް ނޭގެނީ. އެއީ ސިސްޓަމްގެ މައްސަލައެއް ނޫން. އެއީ މީހުންގެ މައްސަލަ. ސިސްޓަމުން ހެދޭނީ އަހަރެމެން ހެދި އެއްޗެއް. މިސާލަކަށް ޓީވީ ހުޅުވާލާފައިވެސް އަހަރެމެން ބޭނުން ޗެނެލް އެއް އެބަގެނެސްދެވޭ. ކިޔަވައިގެން ޑިގްރީއެއް އަދި އޮތަކަސް ކައުންސިލަރެއްގެ ޝަރުތު ހަމައެއް ނުވާނެ.” އަލީ ޔަހްޔާގެ ޝުއޫރުތައް އަމުނާލެއްވިއެވެ.

އަލީ ޔަހްޔާ ވިދާޅުވީ ޒުވާނުންގެ ތެރޭގައިވެސް ވިސްނުން ރަނގަޅު ކެރޭ ޒުވާނުން މަދުމަދުން ފެންނަކަމަށާ، ނަމަވެސް އިޖްތިމާއީ ޒުވާނުން މިހާރު ނުފެންނަކަމަށެވެ. އަދި ކައުންސިލް ހަރުދަނާކޮށް ރަށްރަށް ހިންގުމަށް މީހުން ހޮވާއިރު ތަޖްރިބާއާއި ހުނަރު ހުރި ރަނގަޅު މީހުންނަށް އިސްކަން ދިނުމަށް އަލީ ޔަހްޔާ އެދިލެއްވިއެވެ.

“އާ ޒުވާން ކައުންސިލަރުންތަކެއް ލައިގެން ކައުންސިލެއް ނުހިންގޭނެ. އިޖްތިމާއީ ދާއިރާ މުޅިން ހަލާކުވެގެންދާނީ. ރަނގަޅު މީހުން ހޯދައިގެން ނޫނީ ރަށްރަށެއްނނުހިންގޭނެ. އިޖްތިމާއީ ފޭރާން ވެސް މުޅިން ހަލާކުވެގެންދާނީ.  ޒުވާނުން އަޅައެއް ނުލާނެ ކަންތައްތައް ކުރާކަށް. .ތަރައްގީ ކުރާށޭ ކިޔާފަ ކަންތައް ތަކެއް ކުރާކަށް ނުވިސްނާނެ. އެމީހުންނަށް ވަރިހަމަ ވާނެ މިތާ ތިބެވިއްޖެއްޔާ. އެމީހުންނަކީ ޒުވާނުން. މާދަމާވެސް އެމީހުން އަނެއްކާ އެހެން ދިމާއަކަށް ދުއްވައިގަންނާނީ. އެހެންވީމާ މި ދާއިރާ އަށް އަންނަންވާނީ ތައުލީމާ އެކު ތަޖުރިބާ ހުރި މީހުން. ކަންކަން ކުރަން ކެރޭ ކުރަން ދަންނަ މީހުން. މިނޫން މީހުން ހޮވައިފިނަމަ އަނެއްކާވެސް އެއެޅެނީ ޅަ އެއްޗެއް. އަނެއްކާވެސް  ރަށަށް އެދެވުނީ އިތުރު ތިން އަހަރު ފަހަތަށް.”

1980 ވަނައަހަރުން ފެށިގެން އޭދަފުށީގެ ވެރިކަމުގެ ދާއިރާގެ އިސްމަގާމްތައް 30 އަށްވުރެ ގިނައަހަރު ފުރުއްވި އަލީ ޔަހްޔާ ވަނީ އޭދަފުށީ ކައުންސިލުން ރައްޔިތުންގެ މާލިއްޔާއިން ފައިސާ ހަރަދުކުރަމުންދާ ގޮތަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މާލިއްޔާއަށް އިތުރު ފައިސާ ހޯދާނެ ގޮތްތައް ނުހޯދާ ބޮޑެތި ޚަރަދުތައް ކުރުމަކީ ވަރަށް ގޯސް އަމަލެއްކަމަށާ، އެކަން ކުށްވެރިކުރާ ކަމަށެވެ.

ނޯޓް: އަލީ ޔަހްޔާ އީވީއަށް ދެއްވި އިންޓަވިއުގެ މުހިއްމު ބައިތައް އަންނަމަހު ގެނެސްދޭ ޝަހްޝިއްޔަތު ކޮލަމް މެދުވެރިކޮށް ހުށައެޅޭނެވާހަކަ މައުލޫމާތައްޓަކައި ދެއްނެވީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top