މަސްހުނި، ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެފި

file_un7xqw.jpg

ހޮރިޒަންއިން ބާޒަރަށް ނެރުނު ދަޅުގައި ބަންދުކުރި މަސްހުނި.. ފޮޓޯ: ހޮރިޒޮން

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހޮރައިޒަން ކުންފުނިން ދަޅުގައި މަސްހުނި ބަންދުކޮށް ބާޒާރަށް ނެރެފި އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ކ. ގާފަރުގައި ހިންގުނު ހަރަކާތްތަކުގެ ތެރެއިން ހޮރައިޒަންއިން އުފައްދާފައިވާ މަސްހުނި ދަޅު ރަސްމީކޮށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެން ރަޝީދު ހަސަން އެވެ.

ހޮރައިޒަން އިން ބުނީ، މަސްހުންޏަކީ ހެނދުނުގެ ނާސްތާއަށް ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށްވާތީ، އެ އުފެއްދުމަށް ތަރުހީބު ލިބިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި މަސްހުނި ދަޅު އުފައްދާފައި ވަނީ ދިވެހި ރަހަތައް ހިމަނައި ދިވެހިންނަށް ކަމުދާނެ ގޮތްތައް ބަލައިގެން ކަމަށެވެ.

މަސްހުނި ތައްޔާރުކުރުމަށް ހެނދުނު ގަޑީގައި ހޭދަވާ ވަގުތު ސަލާމަތްވުމަށް މަގުފަހިކޮށްދޭނެ އެ އުފެއްދުމަކީ ވަރަށް ގިނަ މީހުންނަށް ކަމުދާނެ އުފެއްދުމަކަށް ވެގެންދާނެ ކަމަށެވެ. މަސްހުނި ދަޅުތަކުގެ މުއްދަތު ހަމަވާނީ ދެ އަހަރު ފަހުންނެވެ.

ދިވެހިންގެ ރަހަތަކާއި ގުޅޭނެހެން އުފައްދާފައިވާ މި ދިވެހިވަންތަ އުފެއްދުން، މި ފެށޭ ހަފްތާއިން ފެށިގެން ހޮރައިޒަން ފިޝަރީޒް ޝޮޕުންނާއި ޗާންދަނީ މަގުގައި ހުންނަ ސީފުޑް ޕްލަސްއިން ލިބޭނެ އެވެ.

185 ގުރާމު މަސްހުނި ދަޅެއްގެ އަގަކީ 15 ރުފިޔާއެވެ. މަސްހުނި ދަޅު ކޭހެއްގެ އަގަކީ 640 ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top