ދޮންފަނު މޮނިޓަރިން އަށް

b_hnpwYqVUrOOFXn7R9AMGAkNw6.jpeg

ބ. ދޮންފަނު--- ފޮޓޯ: ލީލް ފޮޓޯސް/ފްލިކާސް

ބ.ދޮންފަނުން ކޮވިޑް ފެނިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

ބ. ދޮންފަނު މޮނިޓަރިން އަށް ގެނައީ އެރަށުގައި އާދަޔާ ހިލާފަށް ރޯގާ ފެތުރެމުން ދާތީ ނެގި ސާމްޕަލުތަކުގެ ތެރެއިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދޭގޮތުގައި އެރަށް މޮނީޓަރިންނަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

ދޮންފަނު ކައުންސިލުން ބުނީ، ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެރަށުގެ ދެ ގެއެއް ކަރަންޓީނަށް ލާފައިވާ ކަމަށެވެ. އެ ދެގެއަކީ ޕޮޒިޓިވް ކޭސްއާ ކޮންޓެކްޓުވި މީހުން އުޅޭ ދެ ގެ ކަމަށް ކައުންސިލުން ބުންޏެވެ.

އެރަށުން މައުލޫމާތު ލިބުނު ގޮތުގައި ދޮންފަނުން ޕޮޒިޓިވްވީ ކުޑަކުއްޖެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top