ގްރޭޑް 12ގެ އިސްލާމް ފޮތުގައިވެސް ޤުރްއާނުގެ އާޔަތެއް ނުބައިކޮށް

E-cnTYoVQAUDXE9-e1630767672359.jpg

ރާއްޖޭގެ މަދަރުސާ ތަކުގައި ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ގްރޭޑް 12 ގެ އިސްލާމް ފޮތުގައި ޤުރްއާނުގެ އާޔަތެއް ނުބައިކޮށް އޮތް މައްސަލައެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެންމަތި ކުރައްވައިފި އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވަނީ ނުބައިކޮށް ކަމަށެވެ. އަދި އަވަސް ފުރުސަތެއްގައި މިކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝަހީމް މި މައްސަލަ ފެންމަތިކުރައްވާފައިވާއިރު ގްރޭޑް އެކެއްގެ ޤުރްއާން ފޮތުގައިވެސް ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފާހަގަކުރެވި އެކަން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

ގްރޭޑް އެކެއްގެ ޤުރްއާން ފޮތުގައި ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top