80 ޕަސެންޓާއި ގާތަށްވެސް އެމްޑީޕީއަށް ގޮނޑި ނުލިބޭނެ: އިދިކޮޅު

b_08XGwzkHNGcegdLmUvaqEEz8w.jpg

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް -- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 80 ޕަސެންޓާއި ގާތަށް ވެސް އެމްޑީޕީ އަށް ގޮނޑި ނުލިބޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް 80 ޕަސެންޓަށްވުރެ ގިނަ ގޮނޑިި ކާމިޔާބު ކުރެވޭނެކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެން އެކަމުގެ ރައްދުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު ހިނގަމުންދަނީ އާއިލީ ވެރިކަމެއް ކަމަށްވީ ނަމަވެސް ކައުންސިލް އިންތިހާބުގައި 80 ޕަސެންޓާއި ގާތްކުރާ މިންވަރަށް ވެސް އެމްޑީޕީ އަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

މަރުތަކަށް ހޯދައިދޭން ބުނި އިންސާފާއި، ވެންޓިލޭޓަރު ކޮރަޕްޝަނާއި، ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ކޮބައިތޯ އައްސަވަމުން އާދަމް ޝަރީފް ވިދާޅުވަނީ 80 ޕަސެންޓް ހޯދާނީ އިންތިޚާބުގައި މަކަރު ހަދައިގެންތޯ ވެސް ސުވާލު ކުރައްވާފައެވެ.

އިންތިހާބުގައި ކާމިޔާބު ލިބޭނީ ޕީޕީއެމް އަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“އަޅުގަނޑަށް މިހާރު ފެންނަ މަންޒަރުން އިރާދަކުރެއްވިއްޔާ 75 ޕަސެންޓަށް ވުރެ އިތުރަށް އިންތިހާބު ކާމިޔާބު ކުރެވޭނެ. އަޅުގަނޑަށް ފެންނަ މަންޒަރުގައި 80 ޕަސެންޓަށް ވުރެ މައްޗަށް ގޮނޑި އިރާދަކުރެއްވިއްޔާ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top