ލިއޮނާޑޯ ޑިކެޕްރިއޯ ބ.ފިނޮޅު ރިސޯޓް ގައި

leonardo_dicaprio.jpg

ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު ، ފިލްމް “ޓައިޓޭނިކް”އިން ހޮލީވުޑަށް މަޝްހޫރުވި ވި ފިލްމީތަރި ލިއޮނާޑޯ ޑިކެޕްރިއޯ ރާއްޖެއައިސް ބ.ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

އިތުބާރު ހުރި ބައެއް މަސްދަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލިއޮނާޑޯ ރާއްޖެއައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭ ފިނޮޅު ރިސޯޓުގައި ފެށި “ވަން އޯކް މޯލްޑިވްސް” ފެސްޓިވަލަށެވެ.

އެ ފެސްޓިވަލްގައި، މަޝްހޫރު “ބްލަރޑް ލައިންސް” ލަވައިގެ ކިޔުންތެރިޔާ ރޮބިންތިކް ވެސް ބައިވެރިވާނެކަމަށް ފިނޮޅު ރިސޯޓުން ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އެހެންނަމަވެސް މިއިން އެއްވެސް ތަރިއަކު ފިނޮޅު ރިސޯޓުގައި ތިބިކަން އެރިސޯޓުން ޔަގީންކޮށްދީފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top