450 ކިލޯވޮޓްގެ އިންޖީނެއް ކައުންސިލުން އިންޖީނުގެއަށް ހަދިޔާކޮށްފި

އޭދަފުށީ ކައުންސިލުން އިންޖީނުގެއަށް ހަދިޔާކުރި އިންޖީނު އިއްޔެ އޭދަފުއްޓަށް ބާލަނީ. / އީވީ ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށީ ކައުންސިލުން އިންޖީނުގެއަށް ހަދިޔާކުރި އިންޖީނު އިއްޔެ އޭދަފުއްޓަށް ބާލަނީ. / އީވީ ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 450 ކިލޯވޮޓްގެ ސެކަންޑް ހޭންޑް އިންޖީނެއް އޭދަފުށީ ކައުންސިލުން މިރަށު އިންޖީނުގެއަށް ހަދިޔާކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ހަދިޔާކުރި މިއިންޖީނު އޭދަފުއްޓަށް ބާލައި އިއްޔެވަނީ އިންޖީނުގެއަށްވެސް ގެންގޮސްފައެވެ. އޭދަފުށީ ކައުންސިލުން ބުނީ އިންޖީނާއެކު ފެނަލްގެ ކޭބަލްތަކާ، ސައިލެންސަރު އަދި އެކްޗުއޭޓާތައްވެސް ހަދިޔާކޮށްފައިވާ ކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އިންޖީނުބެހެއްޓުމަށްޓަކައި ބޭނުންވާ ހުރިހާ ސަމާނެއްހެން ހަވާލުކުރެވުނު ކަމަށާ، ރޯދައިގެ ކުރިން އިންޖީނު ހިންގަން ބޭނުންނަމަ އެކަން ކުރެވޭވަރަށް އިންޖީނުގެއިންވެސް ތައްޔާރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

މިއިންޖީނު ބެހެއްޓުމަށްޓަކައި ދުރާލާ ވާންޖެހޭ ބައެއް ތައްޔާރީތައް އިންޖީނުގޭގެ މުވައްޒަފުން މިދިޔަ ހަފްތާ ފަށާފައިވާކަމަށް އިންޖީނުގެއިންވެސް ވަނީ ބުނެފައެވެ. އޭދަފުށީ އިންޖީނުގެއިން ބުނީ އިންޖީނު ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ކޮންމެ ދުވަހަކުވެސް ކުރިޔަށްދާނެކަމަށާ، އަމާޒަކީ ވީ އެންމެއަވަހަކަށް އެއިންޖީނުގެ ބޭނުން ހިފަންފެށުން ކަމަށެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު ހަލުވި މިނެއްގައި މައްޗަށް ދާތީ އޭދަފުށީ އިންޖީނުގޭގައި މިވަގުތު ބޭނުންކުރާ އިންޖީނުތަކުން ރަށަށް އެންމެ އެކަށީގެންވާގޮތެއްގައި ކަރަންޓް ފޯރުކޮށް ނުދެވޭކަމަށް އެއިންޖީނުގެއިން ކުރިން ބުނެފައިވެއެވެ. މިވަގުތު އިންޖީނުގޭގެ ލޯޑް ކެޕޭސިޓީ 650 އަށްވުރެ މަތިއިރު އިންޖީނުގޭގެ ފުލް ކެޕޭސިޓީގައި ހުރީ 750 ކިލޯވޮޓެވެ. ނަމަވެސް އިންޖީނުތަކުގެ ހާލަތު ދަށްވެފައިވާތީ، ފުލްކެޕޭސިޓީގައި ކަރަންޓްދިނުމަކީ ނުވާނެކަމެއްކަމަށް އޭދަފުށީ އިންޖީނުގެއާ ހަވާލާދީ ކައުންސިލުން ބުނެއެވެ.

އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުންވެސް 600 ކިލޯވޮޓްގެ އާޖަނަރޭޓަރެއް ވަރަށް އަވަހަށް އޭދަފުއްޓަށް ގެންނާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top