ފެހެންދޫ ބަނދަރު ހަދަން ތައްޔާރު ވެއްޖެ

big_ptWao9NU65hTeUTHvF7Jq0Ubr.jpg

ބަނދަރު ހަދަން ބޭނުންވާ ސާމާނު ފެހެންދޫއަށް އަރުވަނީ --ފޮޓޯ :އެމްޓީސީސީ

ފެހެންދޫ ބަނދަރު ހަދަން ފެށުމަށް ތައްޔާރުވެއްޖެކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ފެހެންދޫ ބަނދަރު ހަދަން ބޭނުން ސާމާނު އެރަށަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 43،500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރާނެ ކަމަށާ 130 މީޓަރުގެ ބޮޑު ތޮށި ލާނެ ކަމަށެވެ. އަދި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 214 މީޓަރުގެ އެތެރެ ތޮށިވެސް ލުމާއެކު މޫރިން ބްލޮކްސްލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިމަޝްރޫއުގެ ދަށުން ރޭމްޕެއްލުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ މިދިޔަ ޖުލައި މަހު 49.6 މިލިއަން ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top