ބަޖެޓު ބޮޑުވާ މިންވަރަކުން ރައްޔިތުންގެ ހާލަތުވެސް ރަނގަޅުވާން ޖެހޭނެ – އެމްޕީ. ސަލީމް

1490034906.jpg

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - ޕީޕަލް މެގަޒިން

ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ރާއްޖޭގެ އާއްމު ރައްޔިތުންގެ ހާލަތު ވެސް ރަނގަޅު ވެގެން ދާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ 2020 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ދައުލަތުގެ ބަޖެޓު ބޮޑުވާ މިންވަރަކުން ރާއްޖޭގެ އާއްމު ރައްޔިތުންގެ ހާލަތު ވެސް ރަނގަޅު ވެގެން ދާން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އެ ބަޖެޓު ބޮޑު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ސަލީމް ވިދާޅުވީ ބަޖެޓު ކިތަންމެ ބޮޑުވި ކަމުގައި ވިއަސް، ރައްޔިތުންގެ ޖީބަށް ލިބޭ އެއްޗެއް ބޮޑު ނުވާ ކަމަށްވާނަމަ ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ. ހަމަ އެއާއެކު އާމްދަނީ ނުލިބޭ މިންވަރަށް ބަޖެޓު ފާސްކޮށްފިނަމަ ނިޒާމް އިތުރަށް ގޯސްވެގެން ގޮސް ޑޮލަރުގެ އަގު މައްޗަށްވެސް ހިނގައިދާނެ ކަމަށެވެ. އެެހެން ވެއްޖެނަމަ ތަކެތީގެ އަގު ބޮޑުވެ ބުރަތަކަކެއް އުފުލަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ ޑޮލަރުގެ އަގު އެއްވަރެއްގައި މީގެ ކުރިން ހިފެހެއްޓިގެން ދިޔަ ގޮތަށް އެއްމިންވަރަށް ޑޮލަރު ގަންނަން ބޭންކް ތަކުން ދޫކުރި. މިހާރު ބޭންކްތަކުން ޑޮލަރު ވިއްކުން ކޮންޓްރޯލް ކޮށްފި. އެހެންވީމަ މިދަނީ ނުރައްކާތެރި ވައްތަރަކަށް. މިކަން ދެކޮޅު ޖެއްސުމައްޓަކައި ފިނޭންސް މިނިސްޓަރު މިކަމަށް ވިސްނާވަޑައިގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ 2020 ވަނަ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި އޮތީ ވަރަށް ބޮޑު އަދަދެއް ކަމަށާ އެކަމަކު އެފައިސާއިން ރައްޔިތުންނަށް އެއްވެސް ކަހަލަ ފައިދާއެއް ނުކުރާނެ ކަމަށެވެ. އެއިން ހަރަދު ކުރާނީ އޮފީސްތަކަށް ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންވެސް ސަލީމު ފާޅު ކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top