ސެންޓު ޖެހިޔަސް، ރަށްފުށުގެ ކަނބަލުން ގައިން މީގެ ކުރިން މީރުވަހެއް ނުދުވާ: ރާޝިދު

large_1677561071178Kip.jpeg

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު -- ފޮޓޯ/ މަޖިލީސް

ކިތަންމެ މީރުވަސް ދުވާ ސެންޓެއް ޖެހި ނަމަވެސް، މީގެ ކުރިން ރަށްފުށުގެ ކަނބަލުންގައިން މާ މީރުވަހެއް ނުދުވާ ކަމަށް މަޖިލީހުގެ ކޮމަަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ރާޝިދު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުންވެސް ލޯނު ތަކެއް ނަގާފައިވާ ކަމަށާ، އެހެން ނަމަވެސް އެ ލޯނުތައް ނަގައިގެން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.

އެގޮތުން، ހއ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ބަލައިލި ނަމަވެސް، އަތޮޅުތެރޭގެ ރަށްރަށުގައި ޕްރޮޖެކްޓް ތައް ހިންގަން، 20 ބިލިއަނުން, 40 ބިލިއަނުން ކުރީ ސަރުކާރު ތަކުން ލީނު ނަގާފައިވާއިރު، އެ ފައިސާ “އޮއްސާލި” ތަނެއް ނޭނގޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ މިސަރުކާރުން، ކޮވިޑްގެ ދަތިހާލަތުގައިވެސް ލޯނުތައް ހޯދައިގެންނާއި އެނޫން ގޮތް ގޮތުންވެސް ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާކަމަަށް ރާޝިދު ވިދާޅުވި އެވެ. އަދި އެކަންކަން ފެންނަން ހުރި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެއާއެކު ރާޝިދު ވިދާޅުވީ، މި ސަރުކާރުން ރާއްޖެތެރޭ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ކުރިން އެ ރަށްރަށުގެ އަންހެނުން ކިތަންމެ މީރު ސެންޓެއް ޖެހިޔަސް މީރު ވަހެއް ނުދުވާ ކަމަށެވެ.

އެ ހިސާބުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، އެވާހަކަ ހުއްޓުވައި ދިވެހި އަންހެން ބޭފުޅުންނާ މުޚާތަބުކޮށް، ބޭއަދަބީ ބަހެއް ބޭނުން ކުރި ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކޮށްފައެވެ.

ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެއްވެސް ޖިންސެއްގެ ބޭފުޅަކަށް ކުޑައިމީސް ވާގޮތަށް ވާހަކަ ނުދެއްކުމަށް އަންގައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top