އޭދަފުށި، އިނގުރައިދޫގެ އަތްދަށުވެއްޖެ

l_167753177259S6iW.jpg

އޭދަފުށި - އިނގުރައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ރޭ އޭދަފުއްޓާއި އިނގުރައިދޫ ބައްދަލު ކުރި މެޗުން އިނގުރައިދޫ އަތް ދަށުވެ އޭދަފުށި ބަލިވެއްޖެ އެވެ. މި މެޗު އިނގުރައިދޫން ކާމިޔާބުކޮށްފައިވަނީ  3-1 އިން ނެވެ.

މިމެޗުގައި އިނގުރައިދޫގެ ގޯލުތައް ޖެހީ އަހުމަދު އައިހަމްއާއި މުހައްމަދު މަމްދޫހެވެ. އައިހަމް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ގޯލު ޖަހައިފައިވަނީ ނައިޝަން މުހައްމަދެވެ.

ރޭގެ މެޗްގެ މޭން އޮފްދަ މެޗަކީ އިނގުރައިދޫ ޓީމްގެ ޢަލީ ހާފިޒު (ހާއްޕެ) އެވެ.
​މި ދެޓީމްވެސް ޒޯން ބުރާއި ހަމައަށް ގޮސްފައިވަނީ އަތޮޅު ބުރުގައި ކުޅުނު މެޗުތަކުން އަތޮޅު ޗެމްޕިއަނުންގެ ގޮތުގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ބައިވެރިވެއެވެ. އެ މުބާރާތުގައި 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top